ކޮވިޑްގެ ދެ އަހަރު ނުލައި، ރައީސްއަށް ރަނގަޅަށް މަސަައްކަތް ކުރަން މި ލިބެނީ ތިން އަހަރު: ރޮޒައިނާ
ކޮވިޑް-19ގެ ޕެންޑެމިކްގެ ދެ އަހަރު ނުލައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް، މަސައްކަތް ކުރައްވަން މި ލިބިވަޑައިގަންނަވަނީ ތިން އަހަރު ކަމަށް، އެމަނިކުފާނަށް ތާއީދު ކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެެއެވެ.
އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޞާލިޙު، އައްޑޫ ސިޓީގެ ހުޅުމީދޫއާ މަރަދޫ ފޭދޫގައި ކޮށްދެއްވި ކަންތައްތަކަށް އެކަނި ބަލައިލިޔަސް، ރައީސް ނަޝީދުގެ ތިން އަހަރަށްވުރެ، 10 ގުނަ އިތުރަށް މަސައްކަތް ކުރެވިފައިވާ ކަަމަށެވެ.
"ކިހިނެއް ދެން، ރައީސް ނަޝީދު ޗޮއިސް އަކަށްވާނީ؟ ސޮރީ! ހަމަ އިބޫ2023އޭ ބުނެވޭނީ." ރައީސް ޞާލިޙުގެ ފެކްޝަނުގައި ހިމެނިވަޑައިގަންނަވާ އެންމެ ހަރަކާތްތެރި އެއް މެމްބަރު، ރޮޒައިނާ އިތުރަށް ވިދާޅުވިއެވެ.
އެމްޑީޕީގެ ފަރާތުން މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީ، މި މަހުގެ 28 ގައި އޮންނާނެއެވެ. ރައީސް މުޙައްމަދު ނަޝީދާ ރައީސް ޞާލިޙު ވާދަކުރައްވާ މި އިންތިޚާބުގެ ކެމްޕެއިން އިވެންޓެއްގައި، ރައީސް ނަޝީދު ވަނީ ސަރުކާރުން ކުރަން ވަޢުދުވި ކަންކަން އަދިވެސް "އަންނަނީ" ކަމަށާއި އެ ފިލްމެއް ނުފެނުނު ކަމަށެވެ.
ރޮޒައިނާ ކުރެއްވި އިތުރު ޓްވީޓެއްގައި ރައީސް ނަޝީދަށް ރައްދު ދެއްވައި ވިދާޅުވީ މީދޫއާ މަރަދޫ ފޭދޫގެ ބަނދަރުގެ މަޝްރޫޢުއާ، މީދޫ ސްވިމިން ޓްރެކާ، ހުޅުމީދޫގެ ހެލްތު ސެންޓަރުގެ ޑައިލަސިސްގެ ޚިދުމަތްތައް ފަދަ ގިނަ ކަންކަން ނިމިފައިވާ ކަަމަށެވެ.
ރޮޒޭނާހީކުރަނީތޯރާއްޖޭގެރަތްޔިތުއްނަކީތަންދޮރުނުދައްނަމޮޔަ
ބައެކޭ)ތިބޭފުޅުއްނަކީއަބަދުވެސްދޮގުހަދާރަތްޔިތުއްނައްއޮޅުވާލައް
މަސަކަތްކުރާބައެއް)ސިއްހަތުސަލާމަތުއްހުރިކޮންމެއިންސާނަކައް
ވެސްއެގޭނެކޮއެޑުއޭކިޔާގެއްތިއަވާހަކަދަޢކާއިރުއެކެއެކިގައުމުތަކުއްދިންދީލަތިއެހީގާންގަޑަކައް350.މިލިއަންޑޮލަރުގެހީތެރިކަންލިބުނުކަންވަރަތްސާފުކޮންއެގެއްއެބަހުރިއަދިމާސްކުވެސްލިބުއް
މިހުރިހާފާސާއަކާމާސްކުތައްފެންފޮދަކާނުލާދިރުވާލީއިބޫސޯލިހު
ރޮޒޭ އިތުރަށް ދެއަހަރު ދޭންންވީނު