ޚަބަރު ސިޔާސީ

ޝުޖާޢު މަވޯޓާއަށް: ދެ ރައީސުންކުރެ އެކަކަށްވެސް އަހަރުމެން ނުހުއްޓުވޭނެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ދެ ރައީސުންކުރެ، އެކަކަށްވެސް އިދިކޮޅު ނުހުއްޓުވޭނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް، އަދި މާލެ ސިޓީ ކައުންސިލުގެ ހުޅުމާލޭގެ ކައުންސިލަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިންޑިއާ އައުޓް ކެމްޕެއިން ހުއްޓައިލީ، ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގަތުމުން ކަމަށް ވެދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު ވަނީ ވިދާޅުވެފައެވެ. ޝަރީފު މިހެން ވިދާޅުވެ މިއަދު ކުރެއްވި ޓްވީޓަށް ކޮމެންޓު ކުރައްވައި ޝުޖާޢު ވިދާޅުވީ ދެ ރައީސުންކުރެ އެކަކަށްވެސް "އަހަރުމެން ނުހުއްޓުވޭނެ" ކަމަށެވެ.

"ތާއީދެއްވެސް ނުކުރާނަން. ކަލޭމެނަށް ދައްކަވަން ހުރި ތަނެއް މެނުވީ ނުދައްކަވާނެ." އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދު އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަތަކަކަށް އިޝާރާތްކޮށް މަވޯޓާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދާއި ކުރީގެ ރައީސް ޔާމީނާ ދެމެދު އޮތް ހަމައެކަނި ހިޔާލު ތަފާތުވުމަކީ ވެސް އިންޑިއާ އައުޓް" ކެމްޕޭނަށް ވެދާނެ ކަމަށެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ބާލަން ގޮވާލައި، އިދިކޮޅުން "އިންޑިއާ އައުޓް" ކެމްޕޭން ފެށީ މިދިޔަ އަހަރުގެ ކުރީކޮޅުއެވެ. އެ ހަރަކާތް ހުއްޓައިލީ، އެ ކެމްޕޭނަކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ވެސް ކަނޑައަޅައި، ޤަރާރެއް ނެރުއްވުމުންނެވެ.

ރައީސް ނަޝީދު އިއްޔެ ވިދާޅުވީ ޕީޕީއެމާ އޮތް ހަމައެެކަނި ހިޔާލު ތަފާތުވުމަކީ "އިންޑިއާ އައުޓް" ކެމްޕޭން ކަމަށާއި، އެކަން ދޫކޮށްލައްވަން ރައީސް ޔާމީން އަރިހުގައި ދެންނެވި ކަމަށެވެ.

 

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!