Friday, 30 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސަރުކާރު

ޖައިޝަންކަރު އަނެއްކާވެސް ރާއްޖެ ވަޑައިގަންނަވަނީ

ޖައިޝަންކަރު އަނެއްކާވެސް ރާއްޖެ ވަޑައިގަންނަވަނީ

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު މި މަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖައްސަވައިފިއެވެ.

މިކަން ހާމަކުރައްވައި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ، މާދަމާއިން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ޖައިޝަންކަރު ރާއްޖެ އާއި ސްރީ ލަންކާއަށް ތިން ދުވަހުގެ ދަތުރެއްގައި ފުރާވަޑައިގަންނަވާނެ ކަމަށެވެ.

އެ މަނިކުފާނުގެ މި ދަތުރުފުޅުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި، ފޮރިން މިނިސްޓަރު ޝާހިދާ މަޝްވަރާތައް ކުރައްވައި، އިންޑިއާ އާއި ރާއްޖެއާ ދެމެދު ބައެއް އެއްބަސްވުންތަކުގައި ސޮއިކުރުމާއި އެ ޤައުމުން ރާއްޖޭގައި ހިންގާ ބައެއް މަޝްރޫޢުތައް އިފުތިތާހުކުރުމާއި މަޝްރޫޢުތައް ނިންމައި ތަންތަން ހަވާލުކުރުން ވެސް އޮންނާނެ ކަމަށް އެ ބަޔާނުގައިވެއެވެ.

Advertisement
Ooredoo — Truecaller (box)

މިއީ ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވާ ތިން ވަނަ ފަހަރެވެ.

 

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް