Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ސަރުކާރު

އިންޑިއާގެ އެހީއާ އެކު ރާއްޖޭގައި ހިނގާ މަޝްރޫއުތައް ފެނިގެން ދިޔުމަކީ ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުން: ޖައިޝަންކަރު

އިންޑިއާގެ އެހީއާ އެކު ރާއްޖޭގައި ހިނގާ މަޝްރޫއުތައް ފެނިގެން ދިޔުމަކީ ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުން: ޖައިޝަންކަރު

އިންޑިއާގެ އެހީއާ އެކު ރާއްޖޭގައި ހިނގާ މަޝްރޫއުތައް ފެނިގެން ދިޔުމަކީ ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުން ކަމަށް އިންޑިއާ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރު މިއަދު ވިދާޅުވެއްޖެއެވެ.

އިންޑިއާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ 3 އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޖައިޝަންކަރު ވިދާޅުވީ މިހާރު ރާއްޖޭގައި އިންޑިއާގެ އެހީގައި ކުރިއަށްގެންދާ މަޝްރޫޢުތައް ވީހާވެސް އަވަހަށް ނިމެމުންދިއުމަށް އުއްމީދުކުރައްވާކަމަށެވެ.

އަދި އިންޑިއާއިން އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށާއި މިހާރު ވެވުނު އެއްބަސްވުމުގެ ދަށުންވެސް ރާއްޖެއަށް އެތައްގޮތަކުން ފައިދާތަކެއް ވާނެކަން ޑރ. ޖައިޝަންކަރު ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

މިއަދު ސޮއި ކުރި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ސްކީމަށް 100 މިލިއަން ރުފިޔާ އިތުރުކުރުމުގެ ގޮތުން ސޮއިކުރެއްވި އެއްބަސްވުމަކާއި، ގދ.ގައްދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްގީކުރުމުގެ އެއްބަސްވުމަކާއި، ޤައުމީ ޔުނިވާރސިޓީއަށް ބޭނުންވާ ފަންނީ ތަޖްރިބާ ހޯދައިދިނުމުގެ އެއްބަސްވުމެކެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް