ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އާއި އިދިކޮޅު ލީޑަޝިޕުން ބައްދަލު ކުރައްވާ އެމަނިކުފާނު ހުންނެވީ ގަދަކޮށް ކަމަށް ވިދާޅުވުމުން، މިކަމުން އަންގައިދެނީ ރައީސް ޞާލިހުގެ އޯގާތެރިކަންކަމަށާއި ހިތް ތިރިކަންކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންއާއި ބައްދަލު ކުރެއްވުމަށްފަހު އިދިކޮޅު ލީޑަޝިޕުން ކުރި ޓްވީޓެއް ރީޓްވީޓް ކުރައްވާ އިމްރާން ވިދާޅުވީ ޒާތީވެ ބަދަލުގައި ހިފުމުގެ ރޫހު ނުގެންގުޅުއްވާނެ ކަމަށެވެ.
"މިކަމުން އަންގައިދެނީ އަޅުގަނޑު ޖަލުގައި ހުރި އިރު ކިތަންމެ އިހާނެތިކޮށް ކަން ކުރި ނަމވެސް އަޅުގަނޑުމެން ޒާތީވެ ބަދަލު ހިފުމުގެ ރޫހު ނުގެންގުޅޭކަން. ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ހިތްތިރިކަމާއި އޯގާވެރި ކަން" އިމްރާން ވިދާޅުވިއެވެ.
އިދިކޮޅު ލީޑަޝިޕުން ރައީސް ޔާމީން އާއި ބައްދަލު ކުރެއްވުމަށް ފަހު ކުރި ޓްވީޓެއްގައި ބުނެފައިވަނީ
ރައީސް ޔާމީން ހުންނެވީ ފިސާރި ގަދަކޮށް ކަމަށާއި އަނިޔާވެރިކަމުގެ ކުރިމަތީގައި ކުޑަ ކަކޫ ނުޖައްސަވާނެކަމަށް ވިދާޅުވި ކަމަށެވެ. އަދި އަޅުވެތިކަމަށް ބޯ ނުލައްބަވާނެ ކަމަށާއި މަޢުޞޫމްކަން ސާބިތުކޮށް ދެއްވާނެކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާކަމަށް އިދިކޮޅުން ބުނެއެވެ.
އަދި ރައްޔިތުން މާޔޫސްނުވެ ގަދަކޮށް ތިއްބެވުމަށް ރައީސް ޔާމީން އެދިވަޑައިގަނެފައިވާ ކަމަށް ރައީސް ޔާމީން އާއި ބައްދަލު ކުރެއްވުމަށް ފަހު އިދިކޮޅު ލީޑަޝިޕުން ބުނެއެވެ.
ސޭކުއިމްރާނުތިއައީހާދަހާނުބާޖާސޫސީއިލްމުވެރިއެކެތިބޭފުޅާ
ކިޔަވާވިދުޅުވީދޭތެރެޖެޢްސާއިދާހިލީސިއާސަތުއްއިހާނައްތެރިވުމާއިނުހައްގުންމީހުނައްއަނިޔާވެރިވުމާއި)ދޭދޭމީހުއްޖެޢސުމާއިފާސިދު
ހުރިހާހަރަކާތެއްކުރުމުގެލީޑަރުމައްތޯއެވެ
ކަލޭ ތިދެނީ ރއްޔިތުންނަށް އަނިޔާއެއް ނޫންތަ ރކޅ