ޚަބަރު ސިޔާސީ

މިއަހަރު ތޮއްޑޫ އިން 200 ގޯތި ދޫކުރާނެ: ރައީސް ޞާލިޙް

ރައުފާ ރަޝީދު ، ދެން އޮންލައިން

މިއަހަރު ތެރޭގައި އއ. ތޮއްޑޫން 200 ގޯތި ދޫކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by STELCO

ޕްރައިމަރީގެ ކެމްޕެއިނަށް ކުރައްވާ ދަތުރުފުޅުގައި ތޮއްޑޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ބޯހިޔާވަހިކަމަށް ތޮއްޑޫ ރައްޔިތުން އެދޭ އެދުން ވަރަށް ބޮޑު ކަމަށެވެ.

މިއަހަރު ދޫކުރަން ނިންމާފައިވާ 100 ގޯތީ ދޫކުރުމަށްފަހު އިތުރު 100 ގޯތި ދޫކުރާނެ ކަމުގެ ޔަގީންކަން ރައީސް ޞާލިޙް ވަނީ ދީފައެވެ. ރައީސް ވިދާޅުވީ ގޯތި އިތުރު ކުރަން ނިންމީ ތޮއްޑޫގެ ބޯހިޔާވަހިކަމުގެ މައްސަލަ އޮތް މިންވަރާ އަޅައި ބަލާއިރު 100 ގޯއްޗަކީ އެކަށީގެންވާ އަދަދެއް ނޫން ކަމަށް ފެންނާތީ ކަމަށެވެ.

"އަޅުގަނޑު ތިބޭފުޅުންނަށް އަނެއްކާވެސް ޔަގީންކަން އަރުވަނީ އެ 100 ގޯއްޗަށް ފަހުގައި އިތުރު 100 ގޯތި މިއަހަރު ތެރޭ ތޮއްޑޫން، ތިބޭފުޅުންނަށް އިތުރު ކުރާނަން" ރައީސް ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙްއެވެ. ދެ ބޭފުޅުން ވާދަކުރައްވާފުރަތަމަ އިންތިހާބު ބޯމަތިވެފައިވާއިރު، އެއް ބޭފުޅަކުއަނެއް ބޭފުޅަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ބަހުގެހަމަލާތައް އަންނަނީ ރައްދު ކުރައްވަމުންނެވެ.

ވޯޓުލުން އޮންނާނީ މި ހިނގާ ޖެނުއަރީ މަހުގެ 28 ވަނަދުވަހު ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.

Ads by Allied Insurance
  1. މިއަދު

    ޅލާމަރުކަޒީގާނޫނުން ކައުންސިލްތަކަށް ލިބިފައޮންނަ ބާރުގެތެރެއަށް އަތްނުބާނާ

  2. ުއަހުމަދު

    ތޮއްޑޫ ބޭފުޅުން އަނެއްކާ ސަމާލުވައްޗޭ ގޯތިކަނޑން ތިއުޅެނީ ކަރާ ލާން އޮތް ބިމުން ނޫންކަންވެސް ނޭގެ