Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

ރިޔާސީ އިންތިހާބުން ބަލިވާނެތީ އިދިކޮޅުން އުޅެނީ ޕްރައިމަރީ ގަޑުބަޑު ކުރަން: ރައީސް ޞާލިޙް

ރިޔާސީ އިންތިހާބުން ބަލިވާނެތީ އިދިކޮޅުން އުޅެނީ ޕްރައިމަރީ ގަޑުބަޑު ކުރަން: ރައީސް ޞާލިޙް

ރިޔާސީ އިންތިހާބުން ބަލިވާނެތީ އިދިކޮޅުން އުޅެނީ ޕްރައިމަރީ ގަޑުބަޑު ކުރަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް  ވިދާޅުވެއްޖެއެވެ.

ޕްރައިމަރީގެ ކެމްޕެއިނަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އއ. މާޅޮހަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ އިދިކޮޅުން އެގޮތައް އަމަލު ކުރަމުން ދަނީ ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރާނެކަން އިނގޭތީ ކަމަށެވެ.

“ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ކިރިޔާވެސް އެބޭފުޅުންނަށް ވާދަކޮށްލެވެން އޮތީވެސް މީގެ ތެރެއަށް ވަދެ ގަޑުބަޑު ކޮށްގެން ފެންނާތީ އެބޭފުޅުން ނިކުމެ އެ ތިބީ” ރައީސް ޞާލިޙް ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

ރައީސް މިފަދައިން ވިދާޅުވީ ޕްރައިމަރީގެ ކެމްޕޭން ކުރެއްވުމަށް ބައެއް ރަށްރަށަށް ވަޑައިގަތުމުން އެ ރަށުގައި އިދިކޮޅު ޕާޓީތަކުގައި އިސްކޮށް ހަރަކާތްތެރިވާ އެކްޓިވިސްޓުން އިސްވެ ތިބެ މުޒާހަރާކުރުމާ ގުޅިގެންނެވެ.

މީގެ އިތުރުން މި ޕްރައިމަރީއަށް އެހެން ޕާޓީތަކުން ނުފޫޒު ފޯރުވަން އުޅޭ ސަބަބު އެނގި ތިބުމަކީ މުހިންމު ކަމެއް ކަމަށާއި އެ ކަންކަމަށް ރައްޔިތުން ފުންކޮށް ވިސްނަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް