ނައިފަރު ބޯޓެއްގެ ފަޅުވެރިއަކު ކޮވިޑަށް ފައްސިވެއްޖެ

ޅ. ނައިފަރު ބޯޓެއްގައި މަސައްކަތް ކުރާ ފަޅުވެރިއަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ނައިފަރު ކައުންސިލާ ހަވާލާދީ "ވަގުތު" ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ފައްސިވެފައި ވަނީ އެ ރަށު "މެގަ އާރު" ބޯޓުގައި މަސައްކަތް ކުރާ ބިދޭސީ ފަޅުވެރިއެކެވެ.
އެނގިފައިވާ ގޮތުގައި އެ ބޯޓު މިވަގުތު އޮތީ މާލޭގައެވެ.
އެ މީހާ މިވަގުތު ހުރި ސެލްފް އައިސޮލޭޝަންގައި ކަމަށްވާއިރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.