Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

ރައީސް ޞާލިޙްގެ ކެމްޕެއިން ނިންމުމަށް ހުރިހާ ރަށެއްގައި މާދަމާ ހަރަކާތެއް ބާއްވަނީ

ރައީސް ޞާލިޙްގެ ކެމްޕެއިން ނިންމުމަށް ހުރިހާ ރަށެއްގައި މާދަމާ ހަރަކާތެއް ބާއްވަނީ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ނިންމަން މުޅި ރާއްޖޭގައި ހަރަކާތެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

ރައީސްގެ ކެމްޕެއިން ޓީމުން ބުނީ ރައީސް ޞާލިޙްގެ ކެމްޕެއިން ނިންމުމުގެ ގޮތުން މާދަމާ ހަވީރު 16:30ގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ހަރަކާތެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. މި ހަރަކާތް މާލެ ސަރަހައްދުގައި އޮންނާނީ ހުޅުމާލެ ރުއްގަނޑު -1 ސަރަހައްދުގައެވެ.

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީގެ) ޕްރައިމަރީ މިމަހުގެ 28ގައި ބާއްވާއިރު ޖުމްލަ 243 ވޯޓު ފޮށި ބަހައްޓަން ވަނީ ނިންމާފައެވެ.

Advertisement
Ooredoo — Square (box)

އެމްޑީޕީން ވިދާޅުވީ މާލެ ސަރަހައްދުގައި ޖުމްލަ 49 ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާ ކަމަށެވެ. އަދި އަތޮޅުތެރޭގައި 194 ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާ ކަމަށް ވިދާޅުވިއެެވެ.

މި އިންތިހާބުގައި އަތޮޅުތެރޭގެ ރަށްތަކުގައި ވޯޓު ފޮށި ބަހައްޓަނީ އެރަށެއްގެ ސްކޫލްތަކުގައެވެ. މާލެ ސަރަހައްދުގައި ވޯޓު ފޮށިތައް ބަހައްޓަނީ ސީއެޗްއެސްސީ، އަމީނިއްޔާ، އެމްއެންޔޫ، އިސްކަންދަރު، ހިރިޔާ، އިމާދުއްދީން، މާފަންނު މަދަރުސާ، ތާޖުއްދީން، އިއްޒުއްދީން، ރެހެންދި އަދި ކަލާފާނު ސްކޫލްގެ އިތުރުން މުހިއްދީން ސްކޫލްގައެވެ.

އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރައްވަނީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން، އެ ޕާޓީގެ އިސް ލީޑަރު އިބްރާޙީމް މުހައްމަދު ޞާލިޙެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް