Thursday, 29 October 2026
Advertisement
HDC — Share-Below (leaderboard)
ދުނިޔެ

ކޮރޯނާ ވައިރަސް ފަތުރާ ކަމަށް ބުނެ ލަންޑަންގައި އޭޝިއާ މީހަކަށް ހަމަލާދީފި

ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ފަތުރާ ކަމަށް ބުނެ އިނގިރޭސި ވިލާތުގެ ވެރި ރަށް ލަންޑަންގައި އޭޝިއާ މީހަކަށް ހަމަލާދީފިއެވެ. ލަންޑަން ގައި ހަމަލާދީފައިވަނީ އެގައުމުގައި ކިޔަވާ ސިންގަޕޫރު ދަރިވަރެއް ކަމުގައިވާ އުމުރުން 23 އަހަރުގެ ޖޮނަތަން މޮކް އަށެވެ.

ޖޮނަތަން އަށް ހަމަލާ ދީފައިވަނީ ލަންޑަންގެ މަގެއްގެ މަތިން ހިނގާފައިދަނިކޮށެވެ.

ޖޮނަތަންގެ ފޭސްބުކު ޕޯސްޓެއްގައި އޭނާ ބުނެފައިވަނީ ހަމަލާ ދިނީ އަންހެނަކާއި ހަތަރު ފިރިހެނުން ކަމަށާއި ހަމަލާ ދިނުމުގެ ކުރިން ކޮރޯނާ ވައިރަސް އޭ ކިޔާފައި އެއްޗެހިތަކެއް ކީ ކަމަށެވެ.

Advertisement
Ooredoo — Square (box)

މި ހަމަލާގައި ޖޮނަތަން ގެ މޫނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާއިރު އޭނާ ބެލި ޑޮކްޓަރުންނާއި ހަވާލާދި ރިޕޯޓުތައް ބުނެފައިވާ ގޮތުގައި ލިބިފައިވާ ޒަަހަމްތަކުގެ ސަބަބުން ސާރޖަރީ އެއް ވެސް ކުރަން ޖެހިފައިވެއެވެ.

ހަމަލާ ދިނުމަށް ފަހު ހަމަލާ ދިން މީހުންވަނީ ފިލާފައެވެ. ފުލުހުން ގެންދަނީ މިހާރު މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކޮރޯނާ ވައިރަސް ފެތުރެން ފެށުމާއެކު ޗައިނާ އަދި އޭޝިއާ ބައްރުގެ މީހުނަށް ނަސްލީ ތަފާތު ކުރުންތަކާއި ފުރައްސާރަތައް ކުރުން ވަނީ އިތުރުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް