Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

އައްޑޫ ސިޓީ ކައުންސިލްގެ ޕީޕީއެމް މެމްބަރަކު އެމްޑީޕީއަށް

އައްޑޫ ސިޓީ ކައުންސިލްގެ ޕީޕީއެމް މެމްބަރަކު އެމްޑީޕީއަށް

އިދިކޮޅޫ ޕީޕީއެމްއަށް ނިސްބަތްވާ އައްޑޫ ސިޓީގެ ފޭދޫ ކައުންސިލަރ މުހައްމަދު ފައިސަލް އެމްޑީޕީއަށް ސޮއިކޮށްފިއެެވެ.

ފައިސަލް އެމްޑީޕީ އަށް ސޮއިކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާ އެކު މިއަދު މުލިއާ ގޭގައި ބޭއްވި ކުޑަ ހަފްލާއެއްގައެވެ.

އައްޑޫ ސިޓީގެ ކައުންސިލްގައި ތިބެނީ ޖުމްލަ 13 މެމްބަރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އިދިކޮޅު ޕީޕީއެމްގެ 3 މެމްބަރުންނާއި އެމްޑީޕީގެ 6 މެމްބަރުންނާއި މިނިވަން މެމްބަރުންނެވެ.

Advertisement
Ooredoo — Truecaller (box)

ފައިސަލް އެމްޑީޕީ އަށް މިއަދު ސޮއި ކުރެއްވުމާ އެކު، އެމްޑީޕީގެ މެމްބަރުންގެ އަދަދު އިތުރުވެ، އެ ކައުންސިލްގެ އަޣުލަބިއްޔަތު އެމްޑީޕީ އަށް ވަނީ ލިބިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް