ޚަބަރު ސިޔާސީ

ޗައިނާގެ ރައީސް ވިދާޅުވަނީ ރާއްޖެއިން ވެހޭ ވާރޭ ތިއްކެއްވެސް ބޭނުންފުޅުނުވާ ކަމަށް: ސަޢީދު

ފަތޯނާ ފާއިޒު ، ދެން އޮންލައިން
އިދިކޮޅުގެ ހޯޕް ކޮންފަރެންސްގައި ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ސަޢީދު-- ފޮޓޯ/ ދެން

ދިވެހިރާއްޖޭގެ ބިމުން، ރައީސް ޔާމީން ވެލި ފުކެއްހައި މިންވަރުވެސް ވިއްކައިލެއްވިތޯ، ޕީއެންސީގެ ނައިބު ރައީސް، އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ސުވާލު ކުރައްވައިފިއެވެ.

Ads by MWSC

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ފެށި "ހޯޕް ކޮންފަރެންސް"ގައި، ރައީސް ޔާމީންގެ ވެރިކަމުގައި ކުރައްވައިފައިވާ އިޤްތިސާދީ މަސައްކަތްތަކާއި، އެ މަނިކުފާނުގެ އިޤްތިސާދީ ތަސައްވުރާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސަޢީދު ވަނީ، އޭރު ޗައިނާއާ ރާއްޖެއާ ދެމެދު އޮތް ގުޅުމާމެދުގައި ދިވެހި ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެއްދުމަށް އިދިކޮޅުގައި ތިބި ފަރާތްތަކުން މަސައްކަތް ކުރަމުން ދިޔަ ކަމަށެވެ.

އަދި ޗައިނާއަށް ރާއްޖޭގެ 16 ރަށެއް ވިއްކައިލައިފައިވާ ކަަމަށް ތުހުމަތު ކުރިކަންވެސް ސަޢީދު ފާހަގަކުރެއްވިއެވެ.

އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި ހޯޕް ކޮންފަރެންސްގެ ތެރެއިން-- ފޮޓޯ/ ދެން

"އަޅުގަނޑުވެސް އިނިން، މުންދުވެސް އިންނާނެ، (ޗައިނާގެ ރައީސް) ޝީ ޖިންޕިންއާ ރައީސް ޔާމީން ކުރިއަށް ގެންދެވި ނެގޯޝިއޭޝަންގައި، ދުނިޔޭގެ އެއްވެސް ޤައުމަކަށް ކޮމްޕްރޮމައިޒް ނުކުރަައްވާނެ، ވެހޭ ވާރޭގެ އެތެރޭގެ އިންނަ ޒައްރެއްގެ މިންވަރުވެސް ދިވެހިރާއްޖެއަށް ބޭނުންނެތޭ، ޗައިނާގެ ރައީސް ބުނި."

އައިހެވަން މަޝްރޫއު ފަދަ ބޮޑެތި ޕްރޮޖެކްޓްތައް ކުރިއަށް ގެންދެވުނު ނަމަ ރާއްޖެއަކީ ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން ވަރުގަދަ އިޤްތިޞާދެއް އޮތް ޤައުމަކަށް ވެގެން ދިޔައީސް ކަމަށް ސަޢީދު ވިދާޅުވިއެވެ.

ރައީސް ޔާމީން ގެންނަވަން މަސައްކަތް ކުރެއްވި ތަރައްޤީ ހާސިލު ކުރަން 10 ވަރަކަށް އަހަރު ބޭނުންވާ ކަަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މި ސަރުކާރުން ދަރަނި ނަގައިގެން ކުރާ ކަންކަމަށް ފާޑުވިދާޅުވަމުން ސަޢީދު ވަނީ، ރައީސް ޔާމީންގެ ވެރިކަމުގައި ދަރަނި ނެންގެވީ ކޮޅަށް ނާރާ ތަނބެއް ޖަހައި، އިންތިޚާބު ކައިރިވުމުން ފައިސާ ބަހަން ނޫން ކަމަށެވެ.

 

  1. އެއްލާލާ

    ތިޔާ މުއިއްޒު އަކީ ބޮޑު ކަނޑުކޮހެކޭ އޭނާ އަކީ ކަންކަން އުފެއްދުންތެރި ކަމާއި އެކު ކުރަން ދަންނަ މީހެއް ނޫނޭ އެއީ ބޮޑު ކަނޑު ކޮހެކޭ ވިލިމާލެ 2 ކުން ދެފައި ދަނޑިއަށް މުއިއްޒު ސީލަބަލަ މިކަން ހައްލުވާނީ ހުޅުމާލޭ ހުޅަނގުން އޮތް ފަޅު ހިއްކާ އަދި ފުށިދިއްގަރު ފަޅު ހިއްކާ އެތަނާއި މާލެ އާއި ދެމެދު ބްރިޖް އަޅާ މާލޭ ގެ އުތުރުން ފޭދޫ ފިނޮޅު ދެކުނުން އޮތް ބޮޑު ފަޅު ހިއްކާ އެތަނަށް ޕޯރޓާއި ހުރިހާ ހާރޑްވެއަރ ފިހާރަ ތަކާއި ގައުމީ ކާރޑް ގުދަން 25 ބުރިއަށް ހަދާ އެތަނާއި މާލެ އާއި ދެމެދު ބްރިޖް އަޅައިގެންނޭ ފްލެޓްސް ނުޖެހޭނެއޭ އަޅަން ފްލެޓްސް ބަދަލުގައި ކޮންމެ ދިވެއްސަކަށް މާލެ ސަރަހައްދުން 10 ހާސް އަކަފޫޓްގެ ގޯއްޗެއް މަހަކު 10 ހާސް ރުފިޔާ އަށް ކުއްޔަށްދީ އަދި ވިޔަފާރި ކުރުމަށް ޓަކައި މާލެ ސަރަހައްދުން ގިނަ އަދަދެއްގެ ފަޅު ތައް ހިއްކާ މަހަކު 1 ހެކްޓަރުގެ 2 ހާސް ބިން ބިމެއް 1 މިލުއަން ޑޮލރަށް ވިއްކާލާ ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކޮށް ޓޭކެސް އުވާލުމޭ މުއިއްޒު އެއީ ފޭކް ޕީއެޗްޑީއޭ އެޅާ ނުކިޔަވައޭ އިންޖިނިއަރިންގް އެއް އެއީ އެޅާ ވަގަށް ނަގާފައިވާ ޕީއެޗްޑި އެކޭ އެޅާ ބޭރުކުރޭ ޕީޕީއެމް އިން ނަގޫ ކެނޑި މާލޭގެ މަގު ތައް ކޮނުމުގެ އަގު 1000 ގުނަ ބޮޑުކޮށްގެންނޭ ސުވަރު އުޅެނީ ރައްޔިތުން ފެލަނީއޭ ނަގޫކެނޑި އާއި ވަގު ނަރީޝް ދެޅާވެގެން…

  2. ހިނގާދަމާ

    ހިނގާ މަމެންނާއި އެކުގައި ނުވާނަމޭ ވަރުބަލި މަމެން ދޫކުރާނީ މިފަހަރު އަންނި ހޮވާފައޭ ހިނގާ ނަގަން ބުންވަރު ހިނގާ ނަގާށޭ ކަށިން ހިތްވަރު ހިފާ މަމެން އަތުގައި މިރޯކުރީ ދަންމަރު ވަތަން ގެ އެންމެ ކަތުން މާލެ ސަރަހައްދުގެ ބޮޑު ކުއްޔަށް ކުރާ ޚަރަދު ނިމުމަކަށް ގެންނަ ފިކުރު އާރޯކުރަމާ ހިފާ މަމެން އަތުގައި މާލެ ސަރަހައްދުން ގޯތި ބޭނުން ކޮންމެ ކަތަކަށް ގޯއްޗެއް ދިނުމުގެ ދަންމަރު ރޯކޮށް މިވަތަންގެ އެންމެ ކަތުންގެ ލޮލުން ފޭދޭ ކަރުނަ ހުއްޓުމަކަށް ގެންނަމާ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ހިނގާ ހިނގާ ހިނގާ ނަށާލާ ނަށާލާ ނަށާލާ ނަށާލާ…..

  3. ހިނގާދަމާ

    ފިކުރެއް ފިކުރެއް ފިކުރެއް ފިކުރެއް ފިކުރެއްގެ ދިރުމޭ ދިރުމޭ ދިރުމޭ ދިރުމޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ހިނގާދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އެކީގައި ދިރުވަން ފިކުރެއްގެ ދިރުން ހިނގާ ދެމާ ސޮޔެއް އަންނި އެއީ އެއްވަނައޭ ހިނގާ ހޮވަން އެންމެން އަންނި އެއީ އެއްވަނައޭ އިންޑިއާ ސިފައިން ވެސް މިގައުމުން ބާލާނެއޭ އަންނި އިންޑިއާގެ އަޅުވެތިކަމުން މިގައުމު މިނިވަން ކުރާނެއޭ އަންނި އެއީ މިވަތަންގެ މަޔަކާއި ބަފައެއްގެ ހަލާލު ދަރިއެކޭ ކުރާށެ އިތުބާރު މިކަމަށް ނުވިއްކާނެއޭ މިވަތަންގެ މިނިވަންކަން އިންޑިއާ އަށް ނުވިއްކާނެއޭ ދެން ވެރިކަމަށް އަންނި އަށް އާދެވިއްޖެނަމަ ޔަގީން ކަމެކޭ ހިނގާ ރުވަން ފެންދީ އާރޯކުރަމާ މިވަތަންގެ މިނިވަން ކަން ދެކެ ލޯބިވާ ދިވެހިދަރިއަކު ދިވެހި އެންމެ ދަރިންގެ ހައްގުގައި އެންމެ ކަތުންގެ ދިރިއުޅުން އުޖާލާ ކުރަން ކުރާ މަސައްކަތް ހިނގާ ބަލައިގަންނަމާ ހިނގާށެ ނަލަ ކުރަމާ އަންނަން އޮތް ޖީލުގެ ފަހިކުރިމަގު ހިނގާ މަމެން މި ޖީލުގެ މަސައްކަތުން މިވަތަންގެ ބަންޑާރަ ފައިސާ ފޮށީގައި ހުރި ފައިސާ ފޮއްޗަކީ ދަރަނިން ސަލާމަތް ވެފައިވާ ފައިސާ ފޮއްޗަށް ހަދަމާ އަންނަން އޮތް ޖީލަށް ދެމާ ހިނގާ މަމެންނާއި އެކު މި މިސްރާބަށް ދަމާ ހިފާ މަމެން އަތުގައި މިރޯކުރީ ދަންމަރު ބިނާ ކުރަން ގައުމާއި ވަތަން އެދޭ ގޮތަށް ހިނގާ ބަހީ އާދޭ އެކީގައި އެންމެން އަންނި ހޮވަމާ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އެކީގައި އަންނި ހޮވަމާ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ހިނގާ ހިނގާ ހިނގާ ނަށާލާ ނަށާލާ ނަށާލާ ނަށާލާ….

  4. ހިނގާދަމާ

    ހިނގާ މަމެންނާއި އެކު ދާން ނުވާނަމޭ ވަރުބަލި ރާއްޖޭގެ ބަންޑާރަ ފައިސާ ފޮތިން ކެޕެކްސް އަށް ކުރާ ޚަރަދަކީ އެއީ ދެކޮޅު ޖެހޭ އެއްޗަކަށް ހެދުމަށް ހިނގާ ރާއްޖެތެރޭގައި ހުރި ފައިދާ ނުވާ ހުރިހާ ރަށްރަށަށް ދެން ކެޕެކްްސް ދަށުން ޚަރަދު ނުކުރަމާ ހިނގާ އެ ރަށްރަށުގައި ތިބި މަދު މީސް ކޮޅަށް މާލެ ސަރަހައްދުން އަހަރަކު 80 ހާސް ގޯތިދީ އެމެން މާލެ ސަރަހައްދަށް ބަދަލު ކުރަމާ ހިނގާ މިވަތަންގެ އެންމެ ކަތުންނަަށް އުޖާލާ މުސްތަގްބަލެއް ދެމާ ހިނގާ މިވަތަންގެ އެންމެ ކަތުންނަކީ އަމިއްލަ ބިން މާލެ ސަރަހައްދުން އޮވެމެ ވޯޓް ނުވިއްކާ މީހުންނަށް ހަދަމާ ހިނގާ ހަދަމާ ގައުމުގެ ސިޔާސީ މައިދާނަށް އަންނަނީ އެކަމަށް ކުފޫހަމަވާ މީހުންނަށް ހަދަމާ ހިނގާ މަމެންނާއި އެކު ދާން މިކަން ހާސިލް ކުރަމާ މަމެން ދޫނުދޭނަމޭ މިކަން ހާސިލް ނުވަނީސް ހިނގާ ނަގަން ބުންވަރު ހިފާ މަމެން އަތުގައި މިރޯކުރީ ދަންމަރު ބިނާ ކުރަން ގައުމާއި ވަތަންގެ ކުރިމަގު ހިނގާ އުޖާލާ ކުރަމާ މިވަތަންގެ އެންމެ ކަތުންގެ ކުރިމަގު ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އެކީގައި މިކަން ހާސިލް ކުރަން އަންނި ހޮވަމާ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އެކީގައި އަންނި ހޮވަމާ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ހިނގާ ހިނގާ ހިނގާ ނަށާލާ ނަށާލާ ނަށާލާ ނަށާލާ….