ޚަބަރު އިޖުތިމާޢީ

ގިނަ ވެލާތަކެއް މަރައިލި މައްސަލަ ބަލަނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ ޕީއެސްއެމް

ބ. ކެޔޮދޫގައި ވެލާތަކެއް ހިފައި ވެލާ ފަޅައިގެން ތެޔޮކުނޑި ހަދަން ތިބިބަޔަކު ފެނިއްޖެއެވެ.

Ads by MWSC

ފުލުހުން ވިދާޅުވީ ކެޔޮދޫ ކިޔާ ފަޅު ރަށެއްގައި ވެލާތަކެއް ހިފައި، އެ އެއްޗެހި މަރާލި 12 ވަރަކަށް މީހުން ފެނިފައިވާކަމަށެވެ. އެގޮތުން ބ. އަތޮޅު ބަޔޮސްފިއާ ރިޒާވްއާ ގުޅިގެން ހިންގި އޮޕަރޭޝަން ގައި ފެނިފައިވަނީ ބ.އަތޮޅު ރަށަކަށް ނިސްބަތްވާ ބައެކެވެ. އެކަމަކު މިކަމާ ބެހޭ އިތުރު ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރައްވައެވެ.

ބަޔޮސްފިއަރ ރިސާވް އޮފީހުން ވިދާޅުވި ގޮތުން އެރަށަށް ދިޔައިރު ވެލާތައް މަރާލާފައިވާ ސަރަހައްދުގައި ސަތަރި ގަނޑެއްމަތީގައި ހަ ވެލާގެ ތޮށިގަނޑު އޮތްކަމަށެވެ. މިހުރިހައި ވެލައެއްވެސް އޮތީ މަރާލައި އޭގެ މަސްތަކާ ވެލާ ކުނޑިހޭނުމަށް ބޭނުންކުރާ އޭގެ ބަނޑުގައި ހުންނަ ސަރުބީތައްވެސް ނަގާ ފުޅިމަދު ފޮށިތަކަށް އަޅައިފައެވެ. އަދި ބައެއް ސަރުބީތައް ކައްކާ ކުނޑި ހާނާފައި ހުރިކަމަށް އެފަރާތުން މަޢުލޫމާތު ދެއްވައެވެ.

މި މައްސަލަ މިހާރު ވަނީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ސަމާލުކަމަށް ވެސް ގެނެސްފައިކަމަށާއި އީޕީއޭގެ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މިމައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.

 

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!