ހޯމް މިނިސްޓްރީ ނިދާ މެޝިނެއް ހަދިޔާ ކުރަން ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އެދިވަޑައިގެންފިއެވެ.
ރައީސް ޔާމީން 2023ގެ ކެމްޕެއިން ފެށުމުގެ ގޮތުން ދަރުބާރުގޭގައި ބުރާސްފަތި ދުވަހު ފެށި "ހޯޕް ކޮންފަރެންސް"ގެ ސެޝަނެއްގައި ވާހަކަ ދައްކަވަމުން ޖަމީލު ވިދާޅުވީ، ކޮންމެވެސް މީހަކު ވޮލަންޓިއަރ ކޮށްގެންވެސް ހޯމް މިިނިސްޓަރު އިމްރާނަށް ނިދާ މެޝިނެއް ދޭންޖެހޭ ކަމަށާއި، އެ މެޝިނުގެ ސަބަބުން މުޖުރިމަކު އަމީން އެވެނިއުގައި ނިދާ ކަމަށެވެ.
ޖަމީލު އެ އިޝާރާތް ކުރެއްވީ، އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ޖަލަށްލި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ގޭބަންދުގައި ހުންނަވާ ހުންނެވުމަށެވެ. އަދީބު ގެއަށް ބަދަލު ކުރިއިރު، އޭނާ ގޭބަންދަށް ބަދަލު ކުރަނީ، ނިދާ މެޝިނެއް ބޭނުންކުރަން ޖެހޭތީ ކަމަށް އިމްރާން މީގެ ކުރިން ވިދާޅުވިއެވެ.
ޖަމީލު ވިދާޅުވީ އަދީބު ރައީސް ޔާމީންގެ މައްޗަށް ހުރިހާ ހެއްކެއް ހެއްކެއް ދިނުމަށްޓަކައި ފާސިގު އަދާވާތްތެރިއެއްގެ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށާއި، އަދީބު އޮންނަންވާ ތަނަށް ގެންދަން ޖެހޭ ކަމަށެވެ.
"ރައީސް ޔާމީންގެ މައްޗަށް ހުރިހައި ހެއްކެއް ދިނުމަށްޓަކާ، ފާސިގު އަދާވާތްތެރިއެއްގެ ގޮތުގައި، ބޭނުން މި ކުރަނީ. އެހެންވީމަ، މީނާ އެބަޖެހޭ، މީނާ ހުންނަންވާ ތަނަށް ދާން. ދިވެހިރާއްޖޭގައި، ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކު ޖަލުގައި އޮންނަވާފައި."
ޖަމީލު ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް، ހައިކޯޓުން ބާތިލު ކުރާނެ ކަމާމެދު ޝައްކެއް ނެތް ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް ޖަލު ޙުކުމް އިއްވެވީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 25 ވަަނަ ދުވަހުއެވެ. އެ މަނިކުފާނަށް އިއްވި ޙުކުމް އިސްތިއުނާފު ކުރަން ޤާނޫނީ ވަކީލުންގެ ޓީމުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.
ބޮނޑިބަތް ތެއްޔެ ކޯ ބޭނުމީ ނިދާމެޝިނު ދޭށޯ ޔާމީނު އައް.
ރާއްޖޭގެ ނޫސްތައް ވެސް އެބަޖެހޭ ވަރަށް ބޮޑަށް ބަދަލު ކުރަން މިހާރު ފެންނަ މަންޒަރަކީ އެންމެ މަޝްހޫރު ނޫސް ކަމަށްވާ މިހާރު ނޫހުން އިންޑިއާ އިން މަހަކު އެތައް މިލިއަން ޑޮލަރު ކަޓްގެ ގޮތުގައި ނަގައިގެން ރައްޔިތުންނަށް އޮޅުވާލާ މަކަރާއި ހީލަތޭ ހަދަނީ މިހާރު ނޫހުން ހަދަނީ މުޅިން ވެސް ދޮގޭ އަދި އާންމުން ކުރާ ކޮމެންޓްސް ތައް ވެސް އެމެން ނުގެނެސްދެއޭ ނޫހެއް ކަމަށްވާނަމަ ކޮމެންޓްސް ތައް ކޮންމެ 5 މިނިޓަކުން ގެނެސްދޭން ޖެހޭނެއޭ ކޮމެންޓްްސް ނުހުންނަ ނޫސްތައް ޖެހޭނީ ބަންދުކުރަން މޯލްޑިވްސް މީޑިއާ ކައުންސިލް ޖެހޭނީ އުވާލަން ބްރޯޑް ކާސްޓިންގް ކަމިޝަން ޖެހޭނީ އުވާލަން ޓީވީއެމް އަދި ޕީއެސްއެމް ޖެހޭނީ އަމިއްލަ މީހަކަށް ވިއްކާލަން ދިވެހިރާއްޖޭގެ އަޑުވެސް ޖެހޭނީ ވިއްކާލަން މީ ދެން ސަރުކާރުން ހިންގަން ޖެހޭނެ ތަންތަނެއް ނޫނޭ އެއީ ދޮގާއި މަކަރާއި ހީލަތް ހަދައިގެން ދޮގު ޚަބަރު ފަތުރަން ހުންނަ ތަންތަނޭ….