ޚަބަރު އިޖުތިމާޢީ ސަރުކާރު

އޮލިމްޕަސް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގައި ބައިވެރިވެވުމަކީ ޝަރަފެއް: އިންޑިއާ ހައި ކޮމިޝަން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އޮލިމްޕަސް ތަރައްޤީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން--

އޮލިމްޕަސް އަލުން ތަރައްޤީ ކުރުމުގައި ބައިވެރިވެވުމަކީ އިންޑިއާއަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށް އިންޑިއަން ހައި ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އެ ހައި ކޮމިޝަނުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ، އޮލިމްޕަސް އަލުން ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ރާއްޖޭގެ ފަންނާނުންނަށް ބޭނުންވާ އެންމެ ޒަމާނީ ވަސީލަތްތައް ފޯރުކޮށްދިނުމަށްޓަކައި މަރާމާތުގެ މަސައްކަތްތަކާއި ޒަމާނީ ވަސީލަތްތަކާއި ސްޓޫޑިއޯތަކާއި އާލާތްތައް ބެހެއްޓުން ހިމެނޭ ކަމަށެވެ.

މި މަޝްރޫޢުގެ ސަބަބުން އުފެއްދުންތެރިކަމާއި ޓެކްނޮލޮޖީ އުފެއްދުމާއި ޑިސްޓްރިބިއުޝަންގައި ފަންނާނުން ހޯދުންތައް ހޯދާ، އޭގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ ވަސީލަތްތައް ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށްވެސް ބަޔާނުގައިވެއެވެ.

އޮލިމްޕަސް އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރައްވައިފައިވަނީ، ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) ސްކީމްގެ ދަށުން، 8 މިލިއަން ރުފިޔާގެ ހިލޭ އެހީގައެވެ.

އޮލިމްޕަސް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢު ސަރުކާރުން ފަށާފައިވަނީ، ކޮވިޑް ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރުން ފެށިގެން އެތަން ބަންދުކުރުމަށްފަހުއެވެ. އޮލިމްޕަސް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންގޮސްފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ.

ފުރަތަމަ ފިޔަވަހީގައި ކުރިއަށްގެންގޮސްފައިވަނީ 2021 ވަނަ އަހަރެވެ. މި ފިޔަވައްސަށް ސަރުކާރުން ދެ މިލިއަން ރުފިޔާ ހޭދަކުރިއިރު، މީގެ ތެރެއިން އޮލިމްޕަސް އިމާރާތް މަރާމާތުކޮށް ގެންނަންޖެހޭ އާ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ވަނީ ކޮށްފައެވެ. މިގޮތުން މި ފިޔަވަހީގައި އޮލިމްޕަސް އިމާރާތުގައި ހިމެނޭ މުހިއްމު ހުރިހާ ބައިތަކަކަށް ވަނީ ބަދަލުގެނެސްފައެވެ.

އޮލިމްޕަސް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކުގައެވެ. އެ ފިޔަވަހީގައި އޮލިމްޕަހަށް ގެނައި ބަދަލުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ، ތަނުގެ ސައުންޑް ސިސްޓަމަށް ގެނައި ޒަމާނީ ބަދަލެވެ.

 

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!