Friday, 30 October 2026
Advertisement
Ooredoo — Article-Top (leaderboard)
ރައްޔިތުންގެ މަޖިލިސް

ނަފްސާނީ ނުވެ ހުރީ އަޅުގަނޑު އެކަނި: ޖާބިރު

ނަފްސާނީ ނުވެ ހުރީ އަޅުގަނޑު އެކަނި: ޖާބިރު

ރާއްޖޭގައި މިއަދު ނަފްސާނީ ބަލި މަޑު ކަމެއް ނުޖެހި ހުންނެވި ހަމައެނި މީހަކީ އަބްދުﷲ ޖާބިރު ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ، މިއަދު މަޖިލީހުގައި ބަހުސް ކުރަމުން ގެންދާ ނަފްސާނީ މައްސަލަތަކުގެ ޤަރާރަށް ވާހަކަފުޅު ދައްކަވަމުންނެވެ.

ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު މިދިޔަ އަހަރުގެ ނޮވެމްބަރު އެއް ވަނަ ދުވަހު މަޖިލީހަށް ހުށަހެޅުއްވި ގަރާރުގެ ބަހުސް ފަށާފައިވަނީ މިއަދުއެވެ.

Advertisement
Ooredoo — Square (box)

ބަހުސްގައި ފުރަތަމަ ވާހަކަފުޅު ދެއްކެވީ އަބްދުﷲ ޖާބިރެވެ. ޖާބިރު ވާހަކަފުޅު ފައްޓަވަމުން ވަނީ މިފަދަ ޤަރާރެއް ހުށަހެޅުއްވީތީ ރިޔާޒަށް ޝުކުުރު ދަންނަވާފައެވެ.

"އަޅުގަނޑުމެން މުޅި ޤައުމު އެކަމަށް އެދޭ ކަމެއް، އެންމެން ނަފްސާނީ ވެފައި ތިބި ދަނޑިވަޅެއްގައި މިފަދަ ޤަރާރެއް ހުށަހެޅުއްވީތީ އެ މެންބަރަށް ޝުކުރު ދަންނަވަން" ޖާބިރު ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީއަށް ކުރަމުން އަންނަ މަސައްކަތުގެ ސަބަބުން މިއަދު ގިނަ ބަޔަކު ނަފްސާނީ ވެފައިވާ ކަމަށާއި ނަފްސާނީ ނުވެ ހުރީ އެމަނިކުފާނު އެކަނި ކަމަށެވެ.

"ދިވެހި ރާއްޖޭގެ ޑިމޮކްރަސީގައި މަސައްކަތް ކުރަމުން މިދާއިރުގައި ޙަޤީޤަތުގައި ވެސް ގިނަ ބަޔަކު މިތިބީ ނަފްސާނީވެފައި، އަޅުގަނޑު އެކަނި ސަލާމަތުން މިހުރީ. މި މަޖިލީހަށް ބަލާލީމާ ފެންނަނީ މިހެން"

ޖާބިރު އިތުރަށް ވަނީ އެމަނިކުފާނުގެ ހަޔާތުން ދިމާވި ބައެއް ކަންކަން ވެސް ހިއްސާކޮށްފައެވެ.

މިއަދު މަޖިލީހަށް ހުށަހެޅި ނަފްސާނީ ބައްޔާ ބެހޭ ޤަރާރުގައި ސަރުކާރުން ތަންފީޒު ކުރަން ޖެހޭ ކަންކަން ތަންފީޒު ނުކުރުމުގެ ސަބަބުން، ރައްޔިތުންނަށް އެފަދަ ބަލިތަކަށް ފަރުވާ ހޯދުމުގައި ދިމާވާ ދަތިތަކާއި އެ މީހުން ތަހައްމަލު ކުރަމުންދާ ވޭނާއި ތަކުލީފުތަކަށް ލުޔެއް ނުލިބޭ ކަމަށާއި އެކަމުގެ ހައްލު ހޯދައިދިނުމަށް ވަނީ ގޮވާލާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް