Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
އިޖުތިމާޢީ

ރާއްޖޭގެ ގިނަ ބަޔަކަށް "ފަރުވާދީ" ފުރައިގެން ދިޔަ ފަހުން ޑރ. މާލާގެ މައްސަލަ ބަލަނީ

ރާއްޖޭގެ ގިނަ ބަޔަކަށް "ފަރުވާދީ" ފުރައިގެން ދިޔަ ފަހުން ޑރ. މާލާގެ މައްސަލަ ބަލަނީ

މަންމަނު މީހުންނަށް ޤުރުއާނުގެ ބަރަކާތުން "ފަރުވާދީ" ރަނގަޅުކުރާކަމަށް ބުނާ ޑރ. މާލާ އަލީ ކުރުދިސްތާނީ ރާއްޖެއަށް ގިނަ ބަޔަކަށް ފަރުވާދީ ފުރައިގެން ދިޔަފަހުން އެކަން ހެލްތު މިނިސްޓްރީގެ ސަމާލު ކަމަށްއައިސް އެމައްސަލަ ބަލަން ފަށައިފިއެވެ.

ޑރ. މާލާ ރާއްޖެއައިސް ރާއްޖޭގެ ބަޔަކަށް ފަރުވާ ދެމުން ދިޔަ ވީޑިއޯތައް އޭނާގެ ޓިކްޓޮކް އެކައުންޓުގައި ވަނީ ހިއްސާކޮށްފައެވެ.

އޭނާ ރާއްޖެއައީ މިދިޔަ ޖެނުއަރީމަހުގެ 29 ގައި ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. އެހެންނަމަވެސް އޭނާ ފަރުވާކޮށްފައިވަނީ ރާއްޖޭގެ ކޮން ރަށެއްގެ ބަޔަކަށް ކަން އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.

Advertisement
Ooredoo — Square (box)

ހެލްތު މިނިސްޓްރީން ވިދާޅިވި ގޮތުގައި އެމައްސަލަ މިހާރުވަނީ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައެވެ. އަދި އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން އެމިނިސްޓްރީން ދަނީ ބަލަމުންނެވެ.

އޭނާއާއި މެދު ސަމާލުވުމަށް ރާއްޖޭގައި ދީނީ ކަންކަން ފެތުރުމަށް މަސައްކަތް ކުރައްވާ ފަރާތެއްކަމުގައިވާ އަލީ ރަމީޒު ވަނީ މިއަދު އެދިވަޑައިގެންފައެވެ. މިގޮތުން އޭނާ ކުރި ޓްވީޓެއްގައި ބުނީ އޭނާއާއި މެދު ސަމާލުވުމަށް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އިލްތިމާސް ކުރާކަމަށާއި އޭނާ ރާއްޖޭގައި ކުރާކަމެއް ކަމާ ބެހޭފަރާތްތަކުން ބެލުމަށް އެދޭކަމަށް އޭނާވަނީ އެދެފައެވެ.

އަލީ ރަމީޒް ކުރެއްވި ޓްވީޓް ރީޓްވީޓް ކުރައްވާ އައްޝެއިހް ފަޒްލޫން މުހައްމަދު ވިދާޅުވީ ވަޤުތުން، އެއް ދުވަހުން، އެއް ހަފްތާއިން، މިހެން މުއްދަތެއް ކަނޑައަޅާފައި އެވެނި މިވެނިކަމެއް ރުޤްޔާކޮށްގެން ރަނގަޅުކޮށްދޭކަމަށް މީހަކު ބުނާނަމަ އެމީހެކީ ސިހުރުވެރިއެއްކަމަށް ޔަގީން ކުރެއްވުމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް