ދުނިޔެ

ތުރުކީ-ސީރިއާ ބިންހެލުން: 11،000 މީހުން މަރުވެއްޖެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ތުރުކީ އަދި ސީރިއާއަށް އައި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން މަރުވި މީހުންގެ އަދަދު 11،000އިން މައްޗަށް އަަރައިފިއެވެ.

Ads by WAMCO

މި ބިންހެލުމާ ގުޅިގެން ތުރުކީން މަރުވި ކަމަށް ރިޕޯޓް ކޮށްފައިވަނީ، 8،574 މީހުންނެވެ. އަދި ސީރިއާއިން 2،530 މީހުން ވަނީ މަރުވެފައެވެ.

7.8 އަދި 7.6 މެގްނިޓިއުޑްގެ ބާރު މިނުގައި އައި މި ބޮޑެތި ލޮޅުންތަކަކީ އެންމެ ބާރުގަދަ ބިންހެލުންތައް ކަމަށް ވަނީ ބެލެވިފައެވެ.

މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނައިރު، މި ހިތާމަވެރި ހާދިސާއާ ގުޅިގެން މުޅި ތުރުކީއަށްވެސް ވަނީ ސިހުން ގެނުވައިފައެވެ. އެ ޤައުމުގައި ހިތާމައިގެ ހަތް ދުވަސް އިޢުލާނު ކޮށްފައިވާއިރު، މަސް ދުވަސްވަންދެން ކުއްލި ނުރައްކަލުގެ ހާލަތުވެސް ވަނީ އިޢުލާނު ކޮށްފައެވެ.

މަރުވެފައިވާ މީހުންގެ ހަށިތައް، އިމާރާތްތަކުގެ ދަށުން، ބޮޑީބޭގުތަކަށް ލައިގެން ނެރެމުން އަންނައިރު، ގެއްލިފައިވާ އާއިލާގެ މެމްބަރުންތޯ ބެލުމަށް، މަރުވި މީހުންގެ ހަށިތައް ކޮންމެ މީހަކުވެސް ބަލަނީ ލޮލުން ކަރުނަ އަޅާ ހާލުގައެވެ.

ބިންހެލުމާ ގުޅިގެން ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވީ، މިއީ މުޅި ތުރުކީ އެކުގައި، ގުޅިގެން މަސައްކަތް ކުރަންވީ ދަނޑިވަޅު ކަމަށާއި، ވެއްޓުނު އިމާރާތްތަކާ ގެތައް އަލުން އިމާރާތް ކޮށްދޭނެ ކަމަށެވެ.

އުރުދުޣާން ވަނީ ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރި ސަރަޙައްދުތަކަށް ވަޑައިގެން، އެތަންތަނުގެ ހާލަތުވެސް ބައްލަވައިލައްވައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!