މެދުއިރުމަތި ދުނިޔެ

ޓައިވާނުގެ ރައީސާއި ނައިބު ރައީސްގެ އެއް މަހުގެ މުސާރަ ތުރުކީ އަށް ހަދިޔާ ކުރައްވަނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ޓައިވާނުގެ ރައީސް ސައި އިންގް-ވެން އާއި ނައިބު ރައީސް ވިލިއަމް ލައި ކޮންމެ ބޭފުޅަކު ވެސް ތުރުކީގެ ބިންހެލުމުގައި އެހީވުމަށް އެއް މަސް ދުވަހުގެ މުސާރަ ހަދިޔާ ކުރައްވާނެ ކަމަށް ޓައިވާނުގެ ރިޔާސީ އޮފީހުން ބުނެފިއެވެ.

Ads by WAMCO

ރިޔާސީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އަންނަ އަހަރު ބާއްވާ އިންތިހާބުގައި ރައީސް ކަމަށް ވާދަކުރައްވާނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރާ ސައި އާއި ލައިގެ އުއްމީދަކީ ވީހާވެސް އަވަހަކަށް ތުރުކީގެ އަމިއްލަ ވަޒަން އާރާސްތުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ދެ ބޭފުޅުންގެ ދައުރު އަދާކުރުން ކަމަށެވެ.

މިދިޔަ އަހަރު ސައި އާއި ލައި ވެސް ވަނީ ހަނގުރާމައިގެ ހާލަތު ގޯސްވެފައިވާ ޔޫކްރެއިންއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށް އެހީވުމުގެ ގޮތުން އެއް މަހުގެ މުސާރަ ހަދިޔާކޮށްފައެވެ. ސައިއަށް މަހަކު ގާތްގަނޑަކަށް ހަތަރު ލައްކަ ރުފިޔާ (13،300 ޑޮލަރު) ލިބެއެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުން ލިބުނު އެއް ސަރަހައްދަށް ޒިޔާރަތްކުރައްވާފައެވެ.

އެގައުމުގެ އިދިކޮޅު މައި ލީޑަރު ވަނީ މި ހާދިސާއާ ގުޅިގެން، އުރުދުޣާން ކުށްވެރި ކުރައްވައި ވާހަކަ ދައްކަވައިފައެވެ.ނަމަވެސް އުރުދުޣާން ރައްދު ދެއްވައި ވިދާޅުވީ މިފަދަ ބޮޑު ކާރިސާއަކަށް ތައްޔާރުވެ ތިބުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!