މެދުއިރުމަތި ދުނިޔެ

ތުރުކީ ސީރިއާ ބިންހެލުން: ތުއްތު އާޔާ ބޭނުންވެގެން އެތައްބައެއް ހުށައަޅައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ސޫރިޔާގެ ހުޅަނގު އުތުރުގައި ހޯމަ ދުވަހު އައި ބިންހެލުމާ ގުޅިގެން ވެއްޓުނު އިމާރާތެއްގެ ކުނިތަކެއްގެ ދަށުގައި އުފަންވި އަންހެން ކުއްޖާ އެޑޮޕްޓް ކުރަން އެތައް ހާސް ބަޔަކު ހުށަހަޅައިފިއެވެ.

Ads by Sosun Fihaara

ބޭބީ އާޔާގެ ނަމުން ނަން ދީފައިވާ މިކުއްޖާ ފެނިފައިވަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ތެރޭގައި ވިހާފައި އޮއްވައެވެ. އަދި އެކުއްޖާ ވިހެއުމަށްފަހު އެކުއްޖާގެ މަންމަ އޮތީ މަރުވެފައެވެ. އަދި ޖިންދައިރިސް އަވަށަށް އައި ބިންހެލުމުގައި އޭނާގެ މަންމަ އާއި ބައްޕަ އަދި އެއްބަނޑު އެއްބަފާ ހަތަރު މީހުން ވެސް ވަނީ މަރުވެފައެވެ. އަޔާ މިހާރު އޮތީ ހޮސްޕިޓަލުގައެވެ. އަދި މިހާރު އޭނާގެ ހާލު ރަނގަޅުކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

"ހޯމަ ދުވަހު އެކުއްޖާ ހޮސްޕިޓަލަށް ގެނައި އިރު ހާލު ވަރަށް ގޯސް އެކުއްޖާގެ ގައިގަ ޒަހަމްތައް ހުރި، ފިނިވެގެން ނޭވާވެސް ލެވެނީ ކިރިޔާ،" އޭނާ ބަލަހައްޓަމުން ދިޔަ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ހާނީ މަރޫފް ބުންޏެވެ.

އަޔާ ސަލާމަތްކުރި މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އިރު ފުޓޭޖުތަކުން ފެންނަ ގޮތުގައި ވެއްޓިފައިވާ އިމާރާތަކުން އުފެދިފައިވާ ކުނިތަކުގެ ތެރެއިން މީހަކު ހިރަފުހާއި ތަތްތެޅިފައިވާ ތުއްތު ކުއްޖަކު ހިފަހައްޓައިގެން ދުވަމުން އާދެއެވެ.

ހޮސްޕިޓަލްގެ މެނޭޖަރު ޚާލިދު އަތިޔާ ބުނި ގޮތުގައި ބޭބީ އަޔާ އެޑޮޕްޓް ކުރަން ބޭނުންވާ އެތައް ބަޔަކު ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް ކޯލެއް ދަނީ ކުރަމުންނެވެ. އެހެންނަމަވެސް ޑރ.އާތިޔާ ބުނީ މިހާރު އެއްވެސް މީހަކަށް އެ އަންހެން ކުއްޖާ އެޑޮޕްޓް ކުރުމުގެ ފުރުސަތެއް ނުދޭނެ ކަމަށެވެ. އޭނާގެ އާއިލާ އެނބުރި އަންނަންދެން އެކުއްޖާ ބަލަހައްޓާނީ އޭނާކަމަށް ޑރ. އަތިޔާ ބުނެފައިވެއެވެ.

 

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!