މެދުއިރުމަތި ދުނިޔެ

ތުރުކީ ސީރިއާ ބިންހެލުން:އެކުއްޖާގެ ދެލޮލަށް ބަލާލުމަށްފަހު އަހަންނަށް ރޮވުނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ޑރ. މަސްރީ

ތުރުކީ އާއި ސީރިއާއަށް މިމަހުގެ 6 ވަނަ ދުވަހު އައި ބާރު ގަދަ ބިންހެލުމާއެކު މަރުވި މީހުންގެ އަދަދު 20،000 ފަހަނަ އަޅައި ގޮސްފައިވާއިރު ގިނަ ބަޔަކު ވަނީ ޒަހަމްވެފައެވެ. މީގެ ތެރޭގައި ގިނަ އަދަދަކަށް ކުޑަކުދިންވެސް ހިމެނެއެވެ.

Ads by Sosun Fihaara

މި ބިރުވެރި ކާރިސާގެ އަސަރު އެންމެ ބޮޑަށް ކުރާނީ ކުޑަކުދިންނަށް ކަމަށްވާއިރު ބިންހެލުމުގައި އަނިޔާވެފައިވާ އެތައްކުދިންނެއް މިހާރުވެސް ހޮސްޕިޓަލުތަކަށް ދަނީ ގެންދަމުންނެވެ. އަދި ދުނިޔޭގެ އެކި ސަރަހައްދުތަކުން ދަނީ ބިންހެލުން އައި ސަރަހައްދަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި އެހީދޭ ޖަމާއަތްތަކުންވެސް ދަނީ ޑޮކްޓަރުންނާއި އެހެނިހެން ޒަރޫރީ އެހީތެރިކަން އެސަރަހައްދަށް ދެމުންނެވެ.

އެސަރަހައްދުގެ ހޮސްޕިޓަލުތަކުގެ ހާލަތު ކިޔައި ދެމުން ޑރ އަހުމަދު އަލް މަސްރީ ބުނިގޮތުގައި ހޯމަ ދުވަހު އައި ބާރުގަދަ ބިންހެލުމުގެ 30 ގަޑިއިރަށްވުރެ ގިނައިރު ވީއިރު އޭނާ ހުރީ ވަރުބަލިވެފައެވެ. ފަރުވާ ދެމުން ދިޔައީ ހުއްޓުމެއް "ބުރޭކެއް" ވެސް ނުނަގައެވެ.

ޑރ އަހުމަދު އަލް މަސްރީވަނީ އޭނާއާއި ދިމާވި ކުދިންތަކުގެ ތެރެއިން ހާއްސަ ކުއްޖެއްގެ ވާހަކަ މީޑިއާއަށް ކިޔައިދީފައެވެ.

ސީރިއާގެ ހުޅަނގު އުތުރުގައި އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައި އޮންނަ އަވަށެއް ކަމަށްވާ އަފްރީންގައި ހުންނަ އެ މީހުންގެ ހޮސްޕިޓަލަށް ގެންނަ އެތައް ބަޔަކަށް އޭނާ އާއި އިތުރު ޑޮކްޓަރަކު ފަރުވާ ދެމުން ދިޔަ އެވެ. އުމުރުން ހަތް އަހަރުގެ މުހައްމަދު ގެނެވުނީ ވެއްޓުނު ގޭގެ ކުނިތަކުގެ ތެރޭގައި ވަޅުލެވިފައި ވަނިކޮށެވެ.

މީހުން ސަލާމަތް ކުރާމީހުންނަށް މުހައްމަދު ފެނުނީ އޭނާގެ މަންމަ އާއި އެއްބަނޑު އެއްބަފާ މީހުންގެ "ޗިސްވެފައިވާ" ހަށިގަނޑުތައް ކައިރިންކަމަށް ރިޕޯޓްތައް ބުނެއެވެ.

"އެ ކުއްޖާ އަހަންނާ ދިމާލަށް ބަލަހައްޓައިގެން ހުރި ގޮތުން އަހަރެންނަށް ހީވީ އަހަންނަށް އިތުބާރު ކުރިހެން، މިހާރު އޭނާ ހުރީ ސަލާމަތުންކަން އޭނާއަށް އެނގުނީ" ޑރ އަހުމަދު އަލް މަސްރީ ބުންޏެވެ.

ޑރ. މަސްރީ ބުނިގޮތުގައި ކީއްވެކަމެއް ނޭނގުނު ނަމަވެސް އެކުއްޖާ ބަލާލުމާއެކު ރޮވެން ފެށުނެވެ. އެކަމަކު

"އިހުސާސްކުރެވުނީ އަނިޔާގެ ވޭނުގައި ހިފަހައްޓައިގެން ހުރި ފަދައިން އޭނާގެ ކިބައިގައި ވަރަށް ވަރުގަދަކަމެއް ހަތް އަހަރުގެ ކުއްޖަކު މިހާ ހަރުދަނާ، ހަރުދަނާ ވަނީ ކީއްވެގެން ހެއްޔެވެ؟." ޑރ. މަސްރީ ބުނެފައިވެއެވެ.

ފަރުވާ ދޭން ގެނައި ކުޑަކުދިންނާއި ބެހޭގޮތުން އިތުރަށް ވާހަކަ ދައްކަމުން ޑރ. މަސްރީ ބުނީ 18 މަހުގެ ފިރިހެން ކުއްޖެއް އަނިޔާ ވެގެން ގެނެވުނު ކަމަށެވެ. އެކުއްޖާގެ ބައްޕަ ބުނިގޮތުގައި މި ކުއްޖާއަކީ އޭނާގެ އާއިލާގައި ސަލާމަތްވި ހަމައެކަނި ކުއްޖާއެވެ.  އާއިލާގެ ބާކީ ތިބި ހުރިހާ ކުދިން ވަނީ މަރުވެފައި ކަމަށް އެކުއްޖާގެ ބައްޕަ ބުނެފައިވާ ކަމަށް ޑޮކްޓަރ ފާހަގަ ކުރިއެވެ.

މަސްރީ އަކީ ޗެރިޓީއެއް ކަމަށްވާ ސީރިއަން އެމެރިކަން މެޑިކަލް ސޮސައިޓީ (ސާމްސް) ގެ އެހީތެރިކަން ލިބޭ އަލް ޝިފާ ހޮސްޕިޓަލުގެ ރެސިޑެންޓް ސާޖަން އެކެވެ. އޭނާ ވިދާޅުވި ގޮތުގައި މި ކާރިސާއާ ގުޅިގެން 200 އަށް ވުރެ ގިނަ ބަލި މީހުން ވަނީ ލިބިފައެވެ.

Ads by HDC
  1. ޛދޖދޖދޖހނ

    ޛދފޖހެޖސމސޖސ