ދުނިޔެ

ބިންހެލުން އައިތާ 4 ދުވަސް، މީހުން ސަލާމަތް ކުރަމުން އަންނަ ސަރަހައްދު ގުގުމާލާފައިވަނީ ތަކުބީރުގެ އަޑުން!

ރައުފާ ރަޝީދު ، ދެން އޮންލައިން

ތުރުކީއާއި ދެކުނު ސޫރިޔާގެ އުތުރުގެ ސަރަޙައްދަށް ބިންހެލުން އައިތާ މިހާރު 72 ގަޑިއިރަށްވުރެ ގިނަ ވަގުތު ފާއިތުވެއްޖެއެވެ. ރުއިމާ ގިސްލުމުގެ އަޑުން މުޅި ސަރަޙައްދު ގުގުމާލާފައިވާއިރު އިވެމުންދަނީ ތަކުބީރުގެ އަޑެވެ.

Ads by WAMCO

ސަލާމަތްކޮށްދިނުމަށް އެދި ކުރާ އާދޭހުގެ އަޑާއި މާތް ﷲ އަށް ޙަމްދު ކުރާ އަޑު ނުކެނޑެއެވެ. މައިންބަފައިން ވީނުވީ ނޭނގިގެން ތުއްތު ކުދިން ރޯ ރުއިމުގެ އަޑު ނުކެނޑެއެވެ. ދަރިފުޅު ނުފެނިގެން މައިންބަފައިން ގޮވާ އަޑު މުޅި ސަރަހައްދުން އިވެއެވެ.

ލޯބިވާ މީހުންގެ ފުރާނަނެތް މަސްގަނޑު ފުނޑުފުނޑުވެފައިވާ އިމާރާތްތަކުގެ ދަށުން ނަގަމުންދާއިރު ފެންނަނީ މުޅި ހަށިގަނޑުން އެކި ޒަހަމްތަކެވެ. ފައިބަމުންދާ ސްނޯއާއި، ވެހެމުންދާ ވިއްސާރައިގެ ތެރޭގައި އާއިލާގެ މެމްބްރުންގެ ހިލަމެއް ވޭތޯ ހޯދަމުންދާ މަންޒަރު ބަލައިލި ކޮންމެ ދިމާލަކުން ފެނެއެވެ.

މި ބިންހެލުމުގައި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުން ހޯދުމުގެ  މަސައްކަތް ހުއްޓުމެއްނެތި ދަނީ ކުރަމުންނެވެ. ޢިމާރާތްތަކުގެ ގާކުނޑިތަކުގެ ދަށުވެފައި އެތައް ހާސް ބަޔަކު އެބަތިއްބެވެ. ކޮންކްރީޓްތަކުގެ އަޑިން އެތައް ބައެއް ސަލާމަތްކޮށްފިއެެވެ.

މުޅި ސަރަހައްދުންވެސް އިވެނީ އެންމެ އަޑެކެވެ. ތަކުބީރުގެ އަޑެވެ. الله أكبر މި ކަލިމައެވެ. މާތް ﷲ އަށް ޙަމްދު ކުރާ އަޑު ނުކެނޑެއެވެ.

ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ތުރުކީ އާއި ސީރިއާއަށް ދާދި ފަހުން އައި ބިންހެލުމަކީ ފަހުގެ ތާރީޙެއްގައި ކުރިމަތިވި އެންމެ ނުރައްކާތެރި ހާދިސާއެވެ. 7.8 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުމާ އެކު އެތައް ފަހަރެއްގެ މަތިން އާފްޓާ ޝޮކްތަކެއް އައިސްފައިވެއެވެ.

ތުރުކީން މަރުވެފައިވާ މީހުންގެ ޢަދަދު 18,000 އަށްވުރެ ގިނައެެވެ. ސީރިޔާގައި މަރުވި މީހުންގެ ޢަދަދު ވަނީ 4،000 އަށްވުރެ އިތުރުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!