Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
އިޖުތިމާޢީ

ގޮނޑުދޮށްތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރަން އެދިވަޑައިގަންނަވާ ކަމަށް ފަޒްނާ ވިދާޅުވެއްޖެ

ގޮނޑުދޮށްތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރަން އެދިވަޑައިގަންނަވާ ކަމަށް ފަޒްނާ ވިދާޅުވެއްޖެ

ރަށްރަށުގެ ގޮނޑުދޮށްތަކަކީ ދުންފަތުގެ އިސްތިޢުމާލުކުރުން މަނާ އަދި އެފަދަ އާދަތައް ދިރުވާ އާލާކުރާ ރައްޔިތެއް ދިރިއުޅޭ ރަށްތަކެއްގެ ގޮތުގައި ފެންނަން އެދޭކަމުގައި ފަސްޓްލޭޑީ ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

އެ ކަމަނާ މިހެން ވިދާޅުވެފައިވަނީ ކަނޑަށް ކުރާ ގަދަރާއި ލޯބި އާލާކުރުމަށް ބ. އަތޮޅު ދޮންފަނުގައި ބޭއްވި ދެވަނަ "ޝޯ ޓު އޯޕަން ވޯޓަރ ފެސްޓިވަލް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ފެސްޓިވަލުގައި ފަޒްނާ ވިދާޅުވީ،  ރަށްރަށުގެ ގޮނޑުދޮށްތަކުގައި ސަމާސާކޮށް ކުޅެ ހެދުމުގެ ތެރޭގައި، ދުންފަތުގެ އިސްތިއުމާލު ކުރުމަށްފަހު އެއްލާލާ ފިލްޓަރު ފަދަ ތަކެތި ތުއްތު ކުދިންނަށް ފެނުމުގެ ފުރުސަތު ކުޑަކޮށްދެވުމަކީ އެކަމުގެ އެދެވޭ ނަތީޖާއަކަށް ވެގެންދާނެ ކަމަށެވެ.

Advertisement
Ooredoo — Square (box)
https://twitter.com/presidencymv/status/1624026714128121858 މީގެ އިތުރުން، ސޮނޭވާ ނަމޫނާ ޖަމިއްޔާގެ ފަރާތުން އާންމުންގެ މެދުގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށާއި ކަނޑުތަކަށް ލޯބިޖެއްސުމަށް ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ގެންގުޅޭ ސިޔާސަތުތަކަށް އެކަމަނާގެ ވާހަކަފުޅުގައި ތަޢުރީފުވެސް ކުރެއްވިއެވެ. އަދި ފަތަން ދަސްކުރުމާއި މީހުން ސަލާމަތް ކުރުމަށް މޫދުގައި ގެންގުޅޭނެ ސަލާމަތީ ހުނަރުތައް ދަސްކުރުމުގެ މުހިންމުކަމުކަންވެސް ފާހަަގަކުރެއްވިއެވެ. ސްވިމިން އެންޑް ވޯޓަރ ރެސްކިއު ޕްރޮގްރާމްއަކީ ކަނޑުފަޅުތަކަށް ލޯބި ޖައްސާ އެ ތަންތަން ހިމާޔަތް ކުރުމުގެ އާދަ އަންނަން އޮތް ޖީލުތަކުގައި އަށަގެންނެވުމުގެ މަޤްޞަދުގައި ހިންގާ ޕްރޮގްރާމްއެކެވެ. މިގޮތުން، މި ޕްރޮގްރާމްގެ ދަށުން ސްވިމިން އިންސްޓްރަކްޓަރުން ތަމްރީނުކޮށް، އިންސްޓްރަކްޓަރުން މެދުވެރިކޮށް މި ރަށްރަށުގައި ރައްކާތެރިކަމާއެކު މޫދުގައި އުޅޭނެ އުކުޅުތައް ދަސްކޮށްދީ ކަނޑަށް ފަރިތަވާން ދަސްކޮށްދެވޭނެއެވެ. އިންސްޓްރަކްޓަރުންގެ ހުނަރު ދައްކާލުމަށް ދޮންފަނު ބަނދަރު ސަރަޙައްދުގައި ބޭއްވި ސިމިއުލޭޝަން ޑްރިލް ކުރިއަށްގެންގޮސްފައިވަނީ ސޮނޭވާ ނަމޫނާ ޖަމިއްޔާއާއި ދަ މޯލްޑިވްސް ސްވިމިންގ އެންޑް ލައިފް ސޭވިންގ ސްކިލްސް ޓްރެއިނިންގ ސްކޫލާއި ދޮންފަނު ރަށު ކައުންސިލާއި ރައްޔިތުންގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ނަމޫނާ ސްވިމިންގ އެންޑް ވޯޓަރ ރެސްކިއު އިންސްޓްރަކްޓަރސް ގުޅިގެންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް