ދުނިޔެ

ތުރުކީ ބިންހެލުން: 6 ދުވަސް ފަހުން މީހަކު ސަލާމަތްކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ތުރުކީއާއި ދެކުނު ސޫރިޔާގެ އުތުރުގެ ސަރަޙައްދަށް ބިންހެލުން އައިތާ 6 ދުވަސް ފަހުން މީހަކު ސަލާމަތްކޮށްފިއެވެ.

Ads by Sosun Fihaara

ތުރުކީގެ ދެކުނުއިރުމަތީ ޕްރޮވިންސް ކަމަށްވާ ހަޓޭގައި ރޫމޭނިއާގެ ރެސްކިއު ޓީމަކުން ސަލާމަތްކޮށްފައިވަނީ މުސްތަފާ ނަމަކަށް ކިޔާ 35 އަހަރުގެ ފިރިހެނެކެވެ. އޭނާ ފެނިފައިވަނީ އިމާރާތެއްގެ ކުނިތަކެއް ދަށުންނެވެ.

ރެސްކިއު ޓީމުން ބުނީ އޭނާ މިހާރު ފަރުވާ ހޯދަމުންދާ ކަމަށާއި ހާލު ރަނގަޅު ކަމަށެވެ.

ތުރުކީއާއި ސޫރިޔާއަށް ކުރިމަތިވި ބާރުގަދަ ބިންހެލުންތަކުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 28000 އިން މައްޗަށް އަރާފައެވެ. އަދި އެތައްބަޔަކު ވަނީ ގެދޮރު ގެއްލި ހާލުގައި ޖެހިފައެވެ.

ރެކްޓަރ މިންގަނޑުން 7.8ގެ ބާރުމިނުމުގައި އައި ފުރަތަމަ ބިންހެލުމުގައި ބޮޑެތި އިމާރާތްތައް ވެއްޓި، ދަށުވެފައިވާ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ރިކްޓަރ މިންގަނޑުން 7.6ގެ ބާރުމިނުގެ އިތުރު ބިންހެލުމެއް އެ ސަރަޙައްދުތަކަށް ވަނީ އައިސްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!