ދުނިޔެ

އިމާރާތުގެ ދަށުން ސަލާމަތްވާން ބޭނުންވީ ބުރުގާ އަޅައި އައުރަ ނިވާކޮށްގެން

ރައުފާ ރަޝީދު ، ދެން އޮންލައިން

ތުރުކީގެ ދެކުނުގައި ހޯމަ ދުވަހު އައި ބިންހެލުމާ ގުޅިގެން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި އޮތް އަންހެނަކު ސަލާމަތް ކުރަން ދިޔުމުން ބުރުގާ ނާޅާ ހުރުމުން ނުކުންނަން ދެކޮޅު ހަދައިފިއެވެ.

Ads by WAMCO

ރެސްކިއު ޓީމުތަކުން އެ އަންހެން މީހާ އާއި އޭނާގެ ތިން ދަރިން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އަންހެން މީހާ ވަނީ އޭނާއަށް ބުރުގާ އަކާއި އައުރަ ނިވާވާނެ ފަދަ ހެދުމެއް ދިނުމަށް އެދިފައެވެ.

އޭނާގެ އެދުމުގެ މަތިން ރެސްކިއު ޓީމުން ވަނީ އިސްތަށިގަނޑު ނިވާކުރުމަށް ހެޑް ސްކާފެއް ދީފައެވެ. ޓީމުން ވަނީ އޭނާގެ އީމާންތެރިކަން ފާހަގަކޮށްފައެވެ. އަދި މެޑިކަލް ޓީމާ ހަމަޔަށް ދެވެން ދެން އިވެމުންދިޔައީ ތަކްބީރުގެ އަޑާއި އޭނާއަށް ތައުރީފު ކުރި އަޑެވެ.

ތުރުކީގެ ދެކުނުގެ ސަރަހައްދާއި ސީރިއާގެ އުތުރުގެ ސަރަހައްދަށް މީގެ 6 ދުވަސް ކުރިން އައި 7.7 އަދި 7.6 މެގްނިޓިއުޑްގެ ދެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 29،789 އަށް ވަނީ އަރާފައެވެ. އަދި 98،685 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

ހަލާކުވެފައިވާ އިމާރާތްތަކުގެ ކުނިތަކުގެ ދަށުގައި ތާށިވެފައިތިބި މީހުން ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ކުރަމުން އަންނައިރު، ތުރުކީއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ވަނީ 24،600 އަށް އަރާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!