މެދުއިރުމަތި ދުނިޔެ

ތިން ދުވަހު ތެރޭ ދެފަހަރު ސަލާމަތް ކުރަން ޖެހުނުދެމައިންނަށް ފަރުވާ ދެނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ތުއްތު އަދުނާނަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ

ތުރުކީ އަދި ސީރިޔާއަށް 7.8 އަދި 7.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުންތަކެއް އައިސް މުޅި ސަރަހައްދު ފަނާވެފައިވާއިރު ބިންހެލުމުގައި ސަލާމަތްކުރި ސީރިއާގެ މަންމައަކާއި އޭނާގެ އަލަށް އުފަންވި ތުއްތު ކުއްޖަކު ފަރުވާ ދިނުމަށްފަހު ދޫކޮށްލިތާ 3 ވަނަ ދުވަހު އެމީހުން ދިރިއުޅުނު އިމާރާތް ވެއްޓުމުގެ ސަބަބުން އަނެއްކާ ސަލާމަތްކޮށްގެން ފަރުވާ ދޭން ފަށައިފިއެވެ.

Ads by WAMCO

ދީމާ ނަމަކަށް ކިޔާ މިއަންހެން މީހާ ދިރިއުޅޭ ޖިންދައިރިސްގައި ސަރަހައްދަށް ބިންހެލުންއައި އިރު،  އޭނާގެ ބަނޑަށް 7 މަސްކަމަށް ރިޕޯޓްތައް ބުނެއެވެ. ބިންހެލުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް އޭނާ ވަނީ ސީރިއަން އެމެރިކަން މެޑިކަލް ސޮސައިޓީ (ސޭމްސް) ގެ އެހީގައި އަފްރީންގެ ހޮސްޕިޓަލެއްގައި ވިހައިފައެވެ. ދުވަސް ނުފުރާ އޭނާ ވިހެއީ ފިރިހެން ކުއްޖެއްކަމަށާއި އެކުއްޖާ އަށް އަދްނާނުގެ ނަން ދީފައިވާކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އެމީހުން ގެއަށް ދޫކޮށްލިނަމަވެސް ގެއަށް ދޫކޮށްލިތާ ގިނަ އިރުތަކެއްނުވެ އެ އިމާރާތް ވެއްޓުމުގެ ސަބަބުން ދެމައިންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

މިގޮތުން ތުއްތު އަދުނާން ސީރިއަސް ދަރަޖައަށް ޑީހައިޑުރޭޓް ވެފައިވާއިރު، ވަރަށް ބޮޑަށް ރީނދޫވެފައިވާކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އަދި އަދުނާންގެ މަންމަ ދީމާއަށްވެސް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައިކަމަށް ރިޕޯޓްތައް ބުނެއެވެ.

ހޮސްޕިޓަލުން ފަރުވާ ދޭން ފެށުމާއެކު އަދުނާނުގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނައިރު، އޭނާގެ މަންމަ ދީމާ މިހާރުވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!