ދުނިޔެ

ބިންހެލުން އައިތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވީ ފަހުން ނުވަ މީހަކު ސަލާމަތްކޮށް، އެންމެން ހައިރާން ކޮށްލައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ތުރުކީއާ ސީރިއާއަށް ބާރުގަދަ ބިންހެލުމެއް އައިތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ފަހުން، އަންގާރަ ދުވަހު، ތުރުކީގެ އިމާރާތެއްގެ ދަށުން ނުވަ މީހަކު ސަލާމަތްކޮށް، ގިނަ ބަޔަކު ހައިރާން ކޮށްލައިފިއެވެ.

Ads by WAMCO

ތުރުކީ-ސީރިއާއަށް އައި ބިންހެލުމުގައި ތުރުކީން އެކަނި، 35،418 މީހުން މަރުވެފައިވާއިރު، ސީރިއާއިން 5،800 މީހުން ވަނީ މަރުވެފައެެވެ.

އަންގާރަ ދުވަހު ސަލާމަތްކުރި މީހުންގެ ތެރޭގައި ކަހްރާމަންމަރަސް ޕްރޮވިންސްގެ އެޕާޓްމަންޓް ބްލޮކަކުން ނެގި އުމުރުން 17 އަހަރާއި 21 އަހަރުގެ ދެބެއިންނާއި ސީރިއާ ފިރިހެނަކު ހިމެނެއެެވެ.

ބިންހެލުމާ ގުޅިގެން މަރުވި މީހުންގެ ޖުމްލަ އަދަދު 41،000 އަށް ވުރެ މައްޗަށް އަރައިފައިވާއިރު، މި ކާރިސާގެ ސަބަބުން ދެ ޤައުމުގެ ސިޓީތައް ހަލާކުވެ، އެތައް ބައެއްގެ ގެދޮރު ވަނީ ގެއްލިފައެވެ.

މި ހިނގާ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހުގެ ކުރީކޮޅު އައި 7.8 މެގްނިޓިއުޑްގެ ބިންހެލުމާ ގުޅިގެން އެންމެ ފުރަތަމަ ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަންވީ ގޮތަށް ކުރުމުގައި މައްސަލަތައް ދިމާވި ކަމަށް ތުރުކީގެ ރައީސް  ރަޖަބް ތައްޔިބު އުރުދުޣާން ގަބޫލުކުރެއްވި ނަމަވެސް މިހާރު ހާލަތު ކޮންޓްރޯލް ކުރެވިފައި ކަމަށް އެ މަނިކުފާނު ދެކިވަޑައިގަންނަވައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!