އޭޝިއާ މެދުއިރުމަތި ދުނިޔެ

އޮޕަރޭޝަން ދޯސްތު: ގޮންޖެހުންތަކާއެކުވެސް އިންޑިއާއިން ދެ ގައުމަށް އެހީ ފޯރުކޮށްދިނުމުގައި!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިމަހުގެ 6 ވަނަ ދުވަހު ތުރުކީއާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު ބައިލައްކަ އާއި ކައިރިވެފައިވާއިރު މި ދެގައުމަށް އެހީވުމަށް ދުނިޔޭގެ ހުރިހާ ގައުމަކާއި ޖަމިއްޔާތަކުން ވަނީ އަތުކުރި އޮޅާލައިފައެވެ. މިގޮތުންވެސް ފާހަގަކޮށްލެވޭ އެއް ގައުމަކީ އިންޑިއާއެވެ.

Ads by Sosun Fihaara

ތުރުކީ އާއި ސީރިއާއަށް އައި ބިންހެލުމުގައި އެތައް މިލިއަން ބަޔަކު ހާލުގައި ޖެހިފައިވާއިރު އެގައުމުތަކަށް އެހީވުމަށް އެންމެ ފުރަތަމަ އިސްނެގި އެއްގައުމަކީ އިންޑިއާއެވެ. އިންޑިއާއިން ވަނީ "އޮޕަރޭޝަން ދޯސްތު"ގެ ނަމުގައި ސާރޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި ބައިވެރިވެ އެގައުމުތަކުގައި ހާލުގައި ޖެހިފައިވާ މީހުންނާއި އެންމެ ގާތުން އެންމެ އަވަހަށް އެހީވި އެއް ގައުމަށް ވެފައެވެ.

މި އޮޕަރޭޝަނުގައި އެންމެފުރަތަމަވެސް އެގައުމަށް ވަނީ އިންސާނީއެހީ އާއި ބޭސްފަރުވާގެ އެހީ ވަގުތުން ފޮނުވާފައެވެ. މިގޮތުން 7 ކުރޯޑް ރުފީސްގެ ބޭހާއި ރައްކާތެރިކަމުގެ ސާމާނާއި ކްރިޓިކަލް ކެއާ އިކުއިޕްމަންޓް އިމަންޖެންސީ ރިލީސް މެޓީރިއަލްސް ވަނީ ވަގުތުން ތުރުކީ އާއި ސީރިއާއަށް އެގައުމުން ވަނީ ފޮނުވާފައެވެ. އަދި ބިންހެލުން އައިތާ 12 ގަޑިއިރުގެ ތެރޭގައި ލައިފް ސޭވިން އިމަޖެންސީ ބޭހާއި ރައްކާތެރިކަމުގެ ސާމާނު ހިމެނޭ ގޮތަށް 3 ޓްރަކް ލޯޑުގެ ރިލީފް މެޓީރިއަލް ހިންޑޮން އެއާބޭސް މެދުވެރިކޮށް އެގައުމުން ވަނީ ތުރުކީއާއި ސީރިއާއަށް ފޮނުވާފައެވެ.

އިންޑިއާއިން ތުރުކީއާއި ސީރިއާއަށް އެހީގެ ގޮތުގައި ފޮނުވި ދެވަނަ ޝިޕްމަންޓް ގޮސްފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. މިގޮތުން އެދުވަހު ސީރިއާއަށް ފޮނުވި ޝިޕްމަންޓްގައި ހިމެނެނީ 72 ކްރިޓިކަލް ކެއާ ޑްރަގްސް އާއި ކޮންސިއުމަބަލްސް އަދި 7.3 ޓަނުގެ ޕްރޮޓެކްޓިވް އައިޓަމްސްއެވެ. ތުރުކީއަށް ފޮނުވި ރިލީފް މެޓީރިއަލްތަކުގެ ތެރޭގައި 4 ކްރޯޑް ރުޕީސްގެ އަގުހުރި 14 ބާވަތެއްގެ މެޑިކަލް އަދި ކްރިޓިކަލް ކެއާ އިކުއިޕްމަންޓް ހިމެނެއެވެ.

އިންޑިއާއިން ދޭ އެހީގެ ތަކެތީގެ ތެރޭގައި ނިދާ ތަންމަންޗާއި، ގޮދަޑިއާއި، ސޯލާ ބައްތިއާއި، ކުދި ޖެނެރޭޓަރު ސެޓާއި، ޓެންޓް ހަދަން ބޭނުން ކުރާ ސަތަރިއާއި، ބްލޭންކެޓުގެ އިތުރުން އެމަޖެންސީ ހާލަތުގައި ބޭނުން ކުރާ ބޭހާއި ކޮންސިއުމަބަލްސް ފަދަ ތަކެތި ހިމެނެއެވެ. އަދި މެޑިކަލް ސާމާނުގެ ގޮތުގައި އީސީޖީ މެޝިނާއި، އެނެސްތީޝިއާ މެޝިން، ޕޭޝަންޓް މޮނިޓަރިން މެޝިން، ސިރިންޖް، ގުލުކޯމީޓާ ފަދަ ތަކެތިވެސް ހިމެނެއެވެ.

އިންޑިއާގެ ސިއްހަތާ ބެހޭ ވަޒީރު މަންސުކް މަންޑަވިޔާ ވިދާޅުވީ އިންޑިއާއިން ދެ ގައުމަށް އެހީތެރިކަން ފޯރުކޮށްދެނީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް އެގައުމުގައި ޒަމާނުއްސުރެ އޮންނަ ރޫހުގައި ކަމަށެވެ. ޔޫނިއަން ހެލްތް މިނިސްޓްރީން ވަނީ ފުރާނަ ސަލާމަތްކުރާ އިމަޖެންސީ ބޭހާއި، ރައްކާތެރިކަމުގެ ސާމާނާއި، މެޑިކަލް އިކުއިޕްމަންޓާއި، ކްރިޓިކަލް ކެއާ ޑްރަގްސް ފަދަ ތަކެތި ފޯރުކޮށްދީފައެވެ.

މީގެ އިތުރުން އިންޑިއާ އަސްކަރިއްޔާގެ 30 އެނދުގެ ސެލްފް ސަސްޓެއިންޑް ފީލްޑް ހޮސްޕިޓަލެއް ގާއިމުކުރުމަށް ބޭނުންވާ މީހުންނާއި ސާމާނު ވެސް ވަނީ ފޮނުވާފައެވެ. އޭގެ ތެރޭގައި ހާއްސަ ތަމްރީނު ލިބިފައިވާ 99 މީހުންގެ ޓީމަކާއި ޒަރޫރީ ބޭހާއި އެޑްވާންސް އިކުއިޕްމަންޓާއި ވެހިކަލް އަދި އެމްބިއުލާންސް ހިމެނެއެވެ. އެ ހޮސްޕިޓަލުން މުޅިން ފަންކްޝަނަލް އޮޕަރޭޝަން ތިއޭޓަރަކާއި އެކްސްރޭ އާއި ވެންޓިލޭޓަރު ފަދަ ވަސީލަތްތައް ފޯރުކޮށްދޭނެއެވެ.

ބިންހެލުމާއެކު ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީގެ ސާމާނު ހިފައިންގެ މިހާތަނަށް އެސަރަހައްދަށް 7 ފުލައިޓު ގޮސްފައިވާ އިރު އެހީ ދިނުމުގެ މި އޮޕަރޭޝަނަކީ ވަރަށް ކާމިޔާބު އޮޕަރޭޝަނެއްކަމަށް އިންޑިއާއިން ބުނެއެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕާރސަން އަރިންދަން ބާޗީ ވިދާޅުވި ގޮތުގައި އެހީގެ ސާމާނު ހިފައިގެން މިމަހުގެ ބާރަ ވަނަ ދުވަހު ދިޔަ ފްލައިޓުން 35 ޓަނުގެ ސާމާނާއި އޮފިޝަލުން ދިޔަ ފްލައިޓުން ސީރިއާއަށް 23 ޓަނުގެ ތަކެތި ވަނީ ފޮނުވާފައެވެ. ދެން ހުރި ތަކެތި ގެންދާނީ ތުރުކީއަށެވެ.

ބިންހެލުމާއެކު ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމުގައި ތަފާތުކުރުމެއްނެތި އިންޑިއާއިން ފޯރުކޮށްދެމުންދާ އެހީތަކަށް ގިނަ ބައެއްގެ ތައުރީފު އޮހެމުން އަންނައިރު ދެގައުމަށް އެހީ ފޯރުކޮށްދެމުންދާ މަދު ގައުމުތަކުގެ ތެރޭގައި އިންޑިއާ ވަނީ ހިމެނިފައެވެ. މިހާތަނަށް ލިބެމުންދާ މައުލޫމާތައް ބަލާއިން ދާހިލީ ހަނގުރާމައިގެ ސަބަބުން ކުރިންވެސް ވީރާނާ ވެފައިވާ ސީރިއާގެ ރައްޔިތުންނަށް އެހީވުމަށް އެހީދޭ ޖަމާއަތްތަކާއި ގައުމުތަކަށް ދަނީ ގޮންޖެހުންތަކާއި ކުރިމަތިވަމުންނެވެ. އެހެންނަމަވެސް ގޮންޖެހުންތަކާއެކު ނަމަވެސް އިންޑިއާއިން ދަނީ ސީރިއާގެ ރައްޔިތުންނަށްވެސް ގިނަ އެހީތަކެއްވަމުން ކަން ފާހަގަކޮށްލެވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!