މެދުއިރުމަތި ދުނިޔެ

ތުރުކީ-ސީރިއާ: އެހީގެ ގޮތުގައި ނިވާކަންކުޑަ ހެދުމާއި، ނުދޮވެ ހުރި އަންނައުނު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިމަހުގެ 6 ވަނަ ދުވަހު ތުރުކީއާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީގެ ގޮތުގައި ބައެއް ފަރާތްތަކުން ފޮނުވާފައިވާ ތަކެތީގެ ތެރޭގައި ނިވާކަން ކުޑަ ހެދުމާއި ނުދޮވެ ހުރި އަންނައުނު ހުރިތަން ފެންނަ ވީޑިއޯތަކެއް ޝޯޝަލް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.

Ads by Sosun Fihaara

ދައުރުވަމުންދާ ވީޑިއޯ އިން ފެންނަގޮތުގައި އެހީގެ ގޮތުގައި ފޮނުވާފައިވާ އަންނައުނުގެ ތެރޭގައި ނިވާކަން ކުޑަ ހެދުންތަކާއި ހަޑިވެފައިވާ ބޮކްސާފަދަ ތަކެއްޗާއި ވެޑިން ޑްރެސް ފަދަ ތަކެތި ހުއްޓެވެ.

ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީ ދިނުމުގައި މިވަގުތައް އެފަރާތްތަކަށް ބޭނުންވާނެ ފަދަ ސާމާނާއި ބޭނުކޮށްފައި ހުރިނަމަވެސް ސާފުތާހިރު އެއްޗެހި ފޮނުވުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އެދެމުންނެވެ.

މިގޮތުން މިދުވަސްވަރަކީ ފިނި ދުވަސްވަރެއްކަމުން ފިނިން ރައްކާތެރިވެވޭނެ ފަދަ އަންނައުނާއި މިވަގުތަށް ބޭނުންވާނެ ޒަރޫރީ އެހީ ފޯރުކޮށްދިނުމަށް އެފަރާތްތަކުން ވަނީ އެދިފައެވެ.

ތުރުކީ އާއި ސީރިއާއަށް އައި ބާރުގަދަ މި ބިންހެލުންތަކުގެ ސަބަބުން މަރުވި މީހުންގެ ޖުމްލަ މިހާރު 40000 ފަހަނައަޅައި ގޮސްފައިވާއިރު މީގެ ތެރޭގައި ހިމެނެނީ ތުރުކީގެ 35،418 މީހުންނާއި ސީރިއާގެ 5800 މީހުންނެވެ.

ވެއްޓިފައިވާ އިމާރާތްތަކުގެ ތެރޭގައި ތާށިވި 8000 އަށްވުރެ ގިނަ މީހުން މިހާރު ސަލާމަތް ކުރެވިފައިވެއެވެ. ޔޫއެން އިން ލަފާކޮށްފައިވާގޮތުގައި ބިންހެލުމުގެ ސަބަބުން ސީރިއާގެ 5.3 މިލިއަން މީހުންގެ ގެދޮރުވަނީ ގެއްލި މަގުމަތިވެފައެވެ. އަދި މި ހިތާމަވެރި ކާރިސާގެ ސަބަބުން ތުރުކީއާއި ސީރިއާގެ 900,000 މީހުންނަށް މިހާރުވެސް ކާބޯތަކެތި ބޭނުންވެފައިވާކަމަށް ޔޫއެންއިންވަނީ ބުނެފައެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!