9 ދުވަހަށް ފަހު ދެމައިން ސަލާމަތްކޮށްފި، ހާލު ރަނގަޅު

ތުރުކީ އަދި ސީރިޔާއަށް 7.8 އަދި 7.6 މެގްނިޓިއުޑްގެ ބިންހެލުމެއް އައިތާ 8 ދުވަސް ފަހުން، އިމާރާތްތަކުގެ ދަށުން އަންހެނަކާއި ކުޑަ ކުއްޖަކު ސަލާމަތްކޮށްފިއެވެ.
އަންތަކްޔާއިން ސަލާމަތްކުރި މަންމައަކާއި ދެ ދަރިން އިމާރާތެއްގެ ކުނިތަކުގެ ދަށުގައި ނުވަ ދުވަސް ހޭދަކުރި ނަމަވެސް އެމީހުންގެ ހާލު ރަނގަޅު ކަމަށް ސަލާމަތްކުރި މީހުން ވަނީ ބުނެފައެވެ.
ދެމައިން ސަލާމަތްކުރުމަށް ފަހު އިތުރު ފަރުވާއަށް ގެންދިޔައީ ހޮސްޕިޓަލަށެވެ. ޑޮކްޓަރުން ބުނެފައިވަނީ އަންހެންމީހާ އާއި ކުޑަ ކުއްޖާއަށް ފެން ނުލިބުމުގެ ސަބަބުން ވަރަށް ބޮޑަށް ޑީހައިޑްރޭޓްވެފައިވާ ކަމަށެވެ. ނަމަވެސް ހާލު ރަނގަޅު ކަމަށް ޑޮކްޓަރުން ބުންޏެވެ.
ތުރުކީއަށް ބިންހެލުން އައިތާ މިހާރު 8 ދުވަސްވެފައިވާއިރު ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުން އިތުރު މީހުން ދިރިތިއްބާ ފެނުމަކީ ނާދިރު ކަމެއް ކަމަށް ތަޖުރިބާކާރުން ވަނީ ބުނެފަައެވެ.