މެދުއިރުމަތި ދުނިޔެ

މާދަމާ އަހަރެން މަރުވެއްޖެނަމަ، އެންމެންގެ ކަންކަން ކުރާނީ ކާކު: އަނބިމީހާގެ ފަހުބަސް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިމަހުގެ 6 ވަނަ ދުވަހު ސީރިއާއާއި ތުރުކީއަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު ބައިލައްކަ އާއި ކައިރިވެފައިވާއިރު މަރުވި މީހުންގެ އާއިލާތަކުން އެމީހުންގެ ހަނދާން އާކުރަނީ ކަރުން ފޯވެފައިވާ ހާލުގައެވެ.

Ads by Sosun Fihaara

ބިންހެލުމުގައި ސަލާމަތްވި ސީރިއާގެ ރައްޔިތެއް ކަމުގައިވާ މުހައްމަދު އަބްދުލްހާދީވަނީ ބިންހެލުމުގައި އޭނާގެ ލޯބިވާ އަނބިމީހާއާއި ދެދަރިން ގެއްލުނު ވާހަކަ މީޑިއާތަކަށް ކިޔައިދީފައެވެ. އޭނާ ބުނިގޮތުގައި ބިންހެލުމުގެ ކުރިން އޭނާގެ އަނބިމީހާއަށް ވަނީ އޭނާ މަރުވާން އުޅޭކަން އޭނާގެ އަނބިމީހާއަށް ވަނީ އިހުސާސްވެފައެވެ. އެގޮތުން އޭނާވަނީ އެރޭގެ ދަންވަރު އޭނާގެ އަނބިމީހާވަނީ ތަފާތު ސުވާލުތަކެއް ކޮށްފައެވެ.

"މާދަމާ އަހަރެން މަރުވެއްޖެނަމަ އަހަރުމެންގެ ދަރިންނަށް ކާންދޭނީ ކާކު؟ ހުރިހާ އެންމެންގެ ކަންކަން ކުރާނީ ކާކު؟އަހަރެން އޭނާ ގާތު އެހިން އޯކޭ ހޭ؟ " އަނބިމީހާގެ ސުވާލުތައް އަބްދުލްހާދީ ކިޔައިދިން ވަގުތު ކުރި އަސަރުން ވާހަކަ ނުދެއްކި އޭނާ ހުއްޓާލިިއެވެ.

އަބްދުލްހާދީ ބުނި ގޮތުގައި އޭނާގެ އަނބިމީހާއަށް އޭނާގެ ފަހުވަގުތުތައް ކަން އިހުސާސްވި ފަދައެވެ.

"އަހަންނަށް އިހުސާސްވީ އަހަރެންގެ ބޮލަށް ވަރަށް ބާރު ހަމަލައެއް އެރުމުން ކުރެވޭ އިހުސާސް." އޭނާ ބުންޏެވެ.

އަނބިމީހާގެ ފަހު ބަސްތައް ކިޔައިދިން އިރު އޭނާގެ ލޮލުން ކަރުނަ އަންނަ މުން ދިޔައެވެ. ބިންހެލުމުގައި އަބްދުލްހާދީގެ އަންހެނުންނާއި އެމީހުންގެ ދެދަރިންވެސް ވަނީ މަރުވެފައެވެ. އެހެންނަމުން އޭނާގެ އެންމެ ކުޑަ ދަރިފުޅަށް ލޯބިވާ އަނބިމީހާގެ ނަމުން ނަން ދިނެވެ.

"އަނބިމީހާގެ ނަމުން ދަރިފުޅަށް ނަންދިނީ އަހަންނަށް އޭނާ ރަނގަޅު ކަމުން." އަބްދުލްހާދީ ބުންޏެވެ.

ބިންހެލުމުގައި އޭނާއާއި އޭނާގެ 5 ދަރިން ވަނީ ސަލާމަތްވެފައެވެ.

ތުރުކީއާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު 42000 އިން ވަނީ މައްޗައް ގޮސްފައެވެ. އަދިވެސް މިއަދަދު މައްޗައް ދާނެކަމަށް އޮފިޝަލުން ވަނީ ލަފާކޮށްފައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!