މެދުއިރުމަތި ދުނިޔެ

ތުރުކީ-ސީރިއާ ބިންހެލުން: 13 ދުވަސްފަހުން 3 މީހުން ސަލާމަތް ކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިމަހުގެ 6 ވަނަ ދުވަހު ތުރުކީ އާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި 3 މީހުން ސަލާމަތް ކޮށްފިއެވެ. 13 ދުވަސް ފަހުން 3 މީހުން ސަލާމަތް ކޮށްފައިވާއިރު ދިރި ހުރި މީހަކު ފެނުމުގެ އުއްމީދު ވަނީ މުޅިން ގެއްލިފައެވެ.

Ads by WAMCO

ބައިލައްކައެއްހާ މީހުން މަރުވި މިހާދިސާގައި މިއަދު ސަލާމަތް ކުރި 3 މީހުންގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނޭކަމަށް އޮފިޝަލުން ބުނެއެވެ.

ހަޓޭ ޕްރޮވިންސްގެ ވެރިރަށް އަންޓަކްޔާގެ ކަނަޓްލީ އެޕާޓްމަންޓް ބްލޮކްގެ ދަށުވެފައި ވަނިކޮށް 296 ގަޑިއިރު ފަހުން ސަލާމަށްކޮށްފައިވާ އަންހެން މީހާއާއި ފިރިހެން މީހާ އަދި ކުޑަކުއްޖާ މިހާރުވަނީ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ވެއްޓިފައިވާ އިމާރާތްތަކުގެ ތެރޭގައި ތާށިވި 8000 އަށްވުރެ ގިނަ މީހުން މިހާރު ސަލާމަތް ކުރެވިފައިވެއެވެ. ޔޫއެން އިން ލަފާކޮށްފައިވާގޮތުގައި ބިންހެލުމުގެ ސަބަބުން ސީރިއާގެ 5.3 މިލިއަން މީހުންގެ ގެދޮރުވަނީ ގެއްލި މަގުމަތިވެފައެވެ. އަދި މި ހިތާމަވެރި ކާރިސާގެ ސަބަބުން ތުރުކީއާއި ސީރިއާގެ 900,000 މީހުންނަށް މިހާރުވެސް ކާބޯތަކެތި ބޭނުންވެފައިވާކަމަށް ޔޫއެންއިންވަނީ ބުނެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!