މެދުއިރުމަތި ދުނިޔެ

ތުރުކީ-ސީރިއާ ބިންހެލުން: ތުރުކީގެ ދެ ސަރަހައްދެއް ފިޔަވާ ހުރިހާ ސަރަހައްދަކުން މީހުން ހޯދުމުގެ މަސައްކަތް ހުއްޓާލައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިމަހުގެ 6 ވަނަ ދުވަހު ތުރުކީ އާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުގައި ތާށިވި މީހުންގެ ތެރެއިން ދިރިހުރި ފުރާނައެއް ފެނުމުގެ އުއްމީދު މުޅިން ގެއްލި ތުރުކީގެ ގިނަ ސަހަރައްދުތަކުން މީހުން ހޯދައި ސަލާމަތް ކުރުމުގެ އޮޕަރޭޝަން ނިންމާލައިފިއެވެ.

Ads by Sosun Fihaara

އެހެންނަމަވެސް ކަހްރާމަންމަރަސް އާއި ހަޓޭގައި ބަލައި ފާސްކުރުން ކުރިއަށް ދާނެ ކަމަށް އޮފިޝަލުން ބުނެއެވެ.

ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު އައި 7.8 މެގްނިޓިއުޑްގެ ބިންހެލުން އައިސްފައިވަނީ ކަހްރާމަންމާރަސްއެވެ. އަދި މިބިންހެލުމުގައި މިހާތަނަށް ތުރުކީގެ ދެކުނުއިރުމަތީ ސަރަހައްދާއި ސީރިއާގެ އުތުރުން 44،000 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވާ ކަން ކަށަވަރުވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭއިރު، ތުރުކީގެ ގާތްގަނޑަކަށް 345،000 އެޕާޓްމަންޓް ހަލާކުވެ، އެތައް ބަޔަކު އަދިވެސް ވަނީ ގެއްލިފައެވެ.

ތުރުކީގެ ޑިޒާސްޓާ އެޖެންސީގެ ޗީފް ޔޫނުސް ސެޒަރ އަންކާރާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އަޅުގަނޑުމެންގެ ގިނަ ޕްރޮވިންސްތަކުގައި ސާޗް އެންޑް ރެސްކިއުގެ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ދެ ޕްރޮވިންސްގެ ގާތްގަނޑަކަށް 40 އިމާރާތެއްގައި ސާޗް އެންޑް ރެސްކިއުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ނަމަވެސް އާދީއްތަ ދުވަހުގެ ހަވީރުގެ ނިޔަލަށް އެ އަދަދު އަދި މަދުކުރާނެކަމަށެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ތުރުކީއަށް ވަޑައިގެން އިންސާނީ އެހީގެ ގޮތުގައި 100 މިލިއަން ޑޮލަރު (83 މިލިއަން ޕައުންޑް) ދޭން ނިންމައިފައިވާއިރު ބިންހެލުމުގައި ހާލުގައި ޖެހިފައިވާ ސީރިއާގެ ރައްޔިތުންނަށް އިންސާނީ އެހީ ދިނުމުގައި ބޮޑެތި ދަތިތަކާއި ކުރިމަތި ލާން ޖެހިފައިވާކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!