ދުނިޔެ

ތުރުކީ-ސީރިއާ ބޯޑަރު ސަރަހައްދަށް އަނެއްކާވެސް ބާރު ގަދަ ބިންހެލުމެއް

ފަތޯނާ ފާއިޒު ، ދެން އޮންލައިން
Aerial photo shows the destruction in Kahramanmaras, southern Turkey, Wednesday, Feb. 8, 2023. Thinly stretched rescue teams worked through the night in Turkey and Syria, pulling more bodies from the rubble of thousands of buildings toppled by a catastrophic earthquake. The death toll rose Wednesday to more than 9,500, making the quake the deadliest in more than a decade. (Ahmet Akpolat/DIA via AP )

ތުރުކީއާ ސީރިއާއަށް އަނެއްކާވެސް ބާރު ގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

Ads by WAMCO

ތުރުކީ-ސީރިއާ ބޯޑަރު ސަރަހައްދަށް 6.4 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސްފައި މިވަނީ މި މަހުގެ ކުރީކޮޅު އައި ބިންހެލުމުގައި އެތައް ހާސް ބަޔަކު މަރުވެފައި ވަނިކޮށެވެ.

މިރޭ 8:04 ހާއިރު ޑެފްނޭ އަވަށަށް އައި ބިންހެލުމުގެ އަސަރު އުތުރުން 200 ކިލޯމީޓަރު (300 މޭލު) ދުރުގައި އޮންނަ އަންތަކްޔާ އާއި އަދާނާ ސިޓީއަށް ވަރަށް ބޮޑަށް އިހުސާސް ކުރެވުނު ކަމަށް މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

ތުރުކީގެ އިމަޖެންސީ މެނޭޖްމަންޓް އެޖެންސީން ބުނީ، މިރޭގެ ބިންހެލުން އައިތާ ކުޑަ އިރުކޮޅެއް ފަހުން، ހަޓޭގެ ސަމަންދާގް ޑިސްޓްރިކްޓަށް 5.8 މެގްނިޓިއުޑްގެ ދެވަނަ ލޮޅުމެއް އަރާފައިވާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

ތުރުކީގެ ރަސްމީ ނޫސް އެޖެންސީ އަނަޑޯލޫއިން ބުނީ ބިންހެލުންތައް އިހުސާސް ކުރެވިފައި ވަނީ، ސީރިއާ، އުރުދުން، އިސްރާއީލް އަދި މިސްރަށް ކަމަށެވެ.

އަލްޖަޒީރާގެ ނޫސްވެރިޔަކު ގަޒިއަންޓެޕްއިން ރިޕޯޓްކުރަމުން ބުނީ، އެ ސަރަހައްދުގައި އިތުރު އިމާރާތްތަކެއް ހަލާކުވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މިހާރުވެސް ގިނަ "އާފްޓަރޝޮކް" ތަކެއް އަންނަމުންދާ ކަމަށް އެ ނޫހުގައި ރިޕޯޓް ކޮށްފައިވެއެވެ.

މި ބިންހެލުމާ ގުޅިގެން ތުރުކީގެ އެލާޒިގްގެ ޖިއޮލޮޖީ އެސިސްޓެންޓް ޕްރޮފެސަރު، މެހްމެޓް ކޮކުމް ވިދާޅުވީ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހުން ފެށިގެން މިހައިތަނަށް 5،000 އަށް ވުރެ ގިނަ "އާފްޓާޝޮކް" އައިސްފައިވާ ކަމަށެވެ.

"މިއީ ވެދާނެ ކަމަށް ލަފާ ކުރެވުނު ކަމެއް. އަޅުގަނޑުމެންނަށް ތަޖުރިބާއިން އެނގޭ، އާފްޓަރޝޮކްތައް މަހަކުން އަހަރަށް ދެމިގެންދާނެކަން. އެކަމަކު ދުވަހެއް ދުވަހަކަށް މަދުވާނެ،" އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި އޭނާ ވިދާޅުވިއެވެ.

 

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!