ޚަބަރު ސިޔާސީ

ކޯލިޝަން ޕާޓީތަކުން ރައީސްއަށް ތާއީދު ކުރުމާމެދު ގޮތެއް ނިންމުން ލަސްކުރާތީ ވައްޑެގެ ފާޑު ކިޔުން

ފަތޯނާ ފާއިޒު ، ދެން އޮންލައިން
އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)

އެމްޑީޕީން އެހެން ބަޔަކާއެކުގައި ކޯލިޝަނެއް ހަދައި، އެއްބަސް ކުރެވޭނީ، އަމިއްލަ ޕާޓީ އެއްބަވައިންތަ ކުރުމުގެ އުރަތްޕެއް ހުރެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު(ވައްޑެ) ވިދާޅުވެއްޖެއެވެ.

Ads by STELCO

އޭނާ ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވެފައިވަނީ، މިހާރުވެސް ސަރުކާރާއެކުގައި ކޯލިޝަން ހަދައިގެން ތިބި ސިޔާސީ ޕާޓީތަކާއެކުގައި، މި އަހަރުގެ ރިޔާސީ އިންތިޚާބަށްވެސް ކޯލިޝަނަކާއެކު ނުކުތުމުގެ މަޝްވަރާތައް އެމްޑީޕީން ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

ވައްޑެ ވިދާޅުވީ މިހާރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފަހަތަށް ނޭރި ބަޔަކު، އިތުރަށް ދުވަސްވާ ވަރަކަށް ދާނީ އިތުރަށް ފެޔަށް ކަމަށެވެ.

އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުފެ ފެކްޝަނުގައި ހުންނެވި ވައްޑެ މިހެން ވިދާޅުވިއިރު، ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރަައްވާ ރައީސް ޞާލީހަށް ތާއީދު ކުރުމުގެ ކުރިން އެމްޑީޕީއާ މަޝްވަރާ ކުރަން އަދާލަތު ޕާޓީން  ރޭ ވަނީ ނިންމައިފައެވެ.

ރައީސް ޞާލިޙު ވަނީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނަށް ތާއީދުކުރައްވަން ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ އަނެއް ތިން ޕާޓީ ކަމުގައިވާ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)އަށް ދައުވަތު އަރުވާ ސިޓީ ފުޅެއް ފޮނުއްވާފައެވެ.

އެކަމާ ގުޅިގެން ގޮތެއް ނިންމުމަށް އަދާލަތު ޕާޓީން ބޭއްވި ކުއްލި ބައްދަލުވުމަކަށް ފަހު އެ ޕާޓީން ބުނެފައި ވަނީ ރައީސް ޞާލިޙަށް ތާއީދުކުރުމުގެ ކުރިން އެމްޑީޕީއާ އެކު އިތުރަށް މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށެވެ.

ރައީސް ޞާލިޙަށް ތާއީދު ކުރަން އަދި ޖޭޕީންނާ އެމްއާރްއެމުންވެސް ނިންމައިފައެއް ނުވެއެވެ.

 

  1. ހަސޯ

    ވައްޑެދޯ ކޯލިޝަން ހިންގަނީ. ފިކުރެއް މަރުވަމުންދާއިރު މިކަހަލަ ކަންތައް ފެންނާނެ.