ޝާހުގެ އަންހެން ދަރީގެ މި ފޮޓޯއިން މުޅި އިންޓަނެޓު މޮޔަވެއްޖެ

ބޮލީވުޑް އެކްޓަރު ޝާހުރުކް ހާން އަކީ ޝައްކެއްވެސް ނެތް ގޮތުގައި އެންމެ މަގުބޫލު އެއް ޝަހުސިއްޔަތެވެ. ހަމަ އެކަނި އިންޑިއާގައެއް ނޫނެވެ. ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ޝާހުގެ މަގުބޫލުކަން އެބަ އޮތެވެ.
އޭނާގެ އަންހެން ދަރިފުޅު ސުހާނާ ހާން ދަނީ ބޮލީވުޑަށް ނިކުންނަން ތައްޔާރުވަމުންނެވެ. ޒޯޔާ އަކްތަރު ޑައިރެކްޓު ކުރާ މި ފިލްމުން ސުހާނާގެ އިތުރުން ސްރީ ދޭވީ ހަގު ދަރި ހުޝީ ކަޕޫރާއި އަމީތާބު ބައްޗަންގެ ކާފަ ދަރި އަގަސްތިޔަ ނަންދާވެސް ތައާރަފުވާނެ އެވެ.
މިފިލްމު އިއުލާން ކޮށްފައިވީނަމަވެސް އަދި ފިލްމު ރިލީޒް ނުކުރެ އެވެ. އެއާއިއެކުވެސް ސުހާނާއަކީ މިވަގުތު އިންޑިއާގައި ގުނައިލެވޭ ތަރި އެކެވެ. އޭނާ ބޮޑަށް މަޝްހޫރުވެފައިވަނީ ބައްޕަ ޝާހުގެ ސަބަބުންނެވެ. ސުހާނާގެ ކޮންމެ ފެނިލުމެއް މިހާރު ވެފައިވަނީ އިންޓަނެޓުގައި ޓްރެންޑުވާ ފެނިލުމަކަށެވެ.
ސުހާނާ ދާދިފަހުން އެއާޕޯޓުން ފެނިގެން ޕަޕަރާޒީން ވަނީ ފޮޓޯ ނަގައި އާންމު ކޮށްފަ އެވެ. އޭނާ ލައިގެން ހުރީ ވަރަށް އާދައިގެ ނޫ ކުލައިގެ ޖިންސަކާއި ހުދު ކުލައިގެ ހުޑީއެކެވެ. މިފޮޓޯ ސޯޝަލް މީޑިއާގައި ޓްރެންޑުވާން ފަށައިފި އެވެ.

ސުހާނާ މުމްބާއީ އެއާޕޯޓުގައި، ސަޕޯޓަރުންނަށް އަޅައިގަތީ އޭނާގެ ހަމުގެ ކުލަ
މާ ހާއްސަކަމެއް ނެތަސް ފޮޓޯގައި ސުހާނާ ހުރި ކުލައަށް ތައުރީފު ކުރެ އެވެ. ނޫސްތަކުންވެސް ވަނީ ސުހާނާގެ ހަމުގެ އަލިކަމަށް ތައުރީފުކޮށްފަ އެވެ. އަނެއްބަޔަކު ވަނީ ކުރިން ސުހާނާގެ ހަމުގެ ކުލަ އެހާ އަލި ނޫންކަމަށް ބުނެ ހައިރާންކަމުގެ ކޮމެންޓުތައް ދޫކޮށްފަ އެވެ.
އިންޑިއާއަކީ ހަމަ ކޮންމެ އެއްޗެއްވެސް ނިކަން އަވަހަށް ވައިގައި ހިފައިފާނެ ބަޔަކު ދިރިއުޅޭ ގައުމެކެވެ. ސަމާލުކަން ހޯދަން އުޅޭ ކޮންމެ މީހަކަށް އިންޑިއާގައި ވަރަށް ފަސޭހައިން ސަމާލުކަން ހޯދިދާނެ އެވެ. އެހެންނަމަވެސް ސުހާނާ ފަދަ މަގުބޫލު ތަރިންނަށް ބޭކާރު ކަންކަމުގައިވެސް ސަމާލުކަން ލިބެ އެވެ.
ހީވަނީ ބޮޑު ފިރިހެނެއް ހެން… ލޮލް