މާލެ ސިޓީ ކައުންސިލުން ރޯދަ މަހަށް ޚާއްސަކޮށްގެން ހުޅުމާލެ ފޭސް 2 ގައި ޤާއިމުކުރާ ވަގުތީ މާރުކޭޓުތަކުން ގޮޅި ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ގެޒެޓު ކުރި އިޢުލާނެއްގައި ވަނީ ރޯދަ މަހަށް ޙާއްސަކޮށްގެން ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ ތަރުކާރީއާއި މޭވާގެ ބާވަތްތައް ފަސޭހަކަމާއިއެކު ގަންނަން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގައި ޤާއިމްކުރާ ވަގުތީ މާރުކޭޓުތަކުން 30 ގޮޅި ދޫކުރުމަށްވަނީ ހަމަޖެހިފައި ކަމަށެވެ. އަދި ގޮޅި ދޫކުރުމަށް ހަމަޖެހިފައިވަނީ ގިނަ ވެގެން 50 ދުވަހުގެ މުއްދަތަށް ކަމަށްވެސް އިޢުލާނުގައި ވަނީ ބުނެފައެވެ.
އެގޮތުން ހުޅުމާލޭގައި ރޯދަ މަހަށް ޚާއްސަކޮށްގެން ޤާއިމުކުރާ ވަގުތީ މާރުކޭޓު ތަކުން ގޮޅި ކުއްޔަށް ހިފުމަށް ބޭނުންފުޅުވާ ފަރާތްތަކުން، ހުޅުމާލޭ އަމީން އެވެނިއު މޭޕްލް ބިލްޑިންގ ގެ 1 ވަނަ ފަންގިފިލާގައި ހުންނަ އެ ކައުންސިލްގެ ހުޅުމާލޭ ސެކްޝަނުން ގޮޅިއަށް އެދޭ ފޯރމް ނަގާ ފުރުމަށް ފަހު 11 މާރިޗު 2023 (ހޮނިހިރު) ދުވަހުގެ 14:00 ގެ ކުރިން ފޯރމް ހުށަހެޅުމަށް ކައުންސިލުން އެދެއެވެ.
ފޭސް 2 ގައި ހުރި މަސްޖިދު އުސްމާނުގައި ރަގަޅު ފަހާނާ ބަރިއަކާއި ވުލޫ ކުރާތަނެއް ހަދާބަލަ އަންނަ ރޯދަމަހަށް މިހާރު އެތާގެ އާބާދީ މިއަހަރުވެސް ވަނީ ބޮޑުވެފައި !