Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ދުނިޔެ

ވިހެއުމަށްފަހު އިމާރާތަކުން ވައްޓާލި ކުއްޖަކު ދިރި އޮއްވާ ފެނިއްޖެ

މެކްސިކޯގައި މަންމައަކު ވިހެއުމަށް ފަހު ދަރިފުޅު އެއްލާލި މައްސަލައެއް ފެންމަތިވެއްޖެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި 20 އަހަރުގެ އަންހެނާ ދަރިފުޅު އެއްލާލައިފައިވަނީ އޭނާ ދިރިއުޅޭ ގޭގެ ދެ ވަނަ ބުރިންނެވެ.

ތުއްތު ކުއްޖާ އެއްލާލުމުން ދެ އިމާރާތް ދޭތެރޭ އެކުއްޖާ ތާށި ވިއެވެ. އެެއާއެކު އަވަށްޓެރިން ވަނީ ކުއްޖަކު ރޯ އަޑު އިވޭތީ ފުލުހަށް ރިޕޯޓުކޮށްފައެވެ.

މި ރިޕޯޓާއެކު އެމެޖެންސީ ވޯރކަރުން ވަނީ އަވަށްޓެރި ގެ ފަޅާލައި ކުއްޖާ ސަލާމަތްކޮށްފައެވެ. ކުއްޖާ ސަލާމަތް ކުރިއިރު ވެސް ކުއްޖާ ދިރި ހުރި ކަމަށާއި ކުޑަކޮށް ހައިޕޯތީމިއާ ވުން ނޫން އިތުރު ކަމެއް ވެފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

Advertisement
Allied Insurance — Square (box)

ފަޔަރ ފައިޓަރުންނާއި ރެސްކިޔު ވޯކަރުން ކުއްޖާގެ ސަލާމަތް ކުރަން އުޅޭ ވީޑިއޯއެއް މިހާރުދަނީ ދައުރުވަމުންނެވެ. މި މީހުނަށް ގިނަ ބައެއްގެ ލޯތްބާއި ތައުރީފު ލިބެމުންދާއިރު ތުއްތު ކުއްޖާ ހާލު ދެރަވެފައިވަނިކޮށް ގާތުން ދިން އަންހެނަކަށް ވެސް ގިނަ ބަޔެއްގެ ލޯބި ލިބިގެންދިޔައެވެ.

ތުއްތުކުއްޖާގެ ހާލު މިހާރު ރަނގަޅުއިރު ކުއްޖާގެ މަންމަ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. މެކްސިކޯ ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް