Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

ސިޔާސީ މަސައްކަތުގައި ހެޔޮ ނަތީޖާ ނެރެވޭނީ އެއްގޮތެއްގައި ދެމި ހުރެގެން: އިމްރާން

ސިޔާސީ މަސައްކަތުގައި ހެޔޮ ނަތީޖާ ނެރެވޭނީ އެއްގޮތެއްގައި ދެމި ހުރެގެން: އިމްރާން
ސިޔާސީ މަސައްކަތުގައި އިހްލާސްތެރި ހިތަކާއިގެން އެއްގޮތެއްގައި ދިގު މުއްދަތަކަށް ދެމި ހުރެގެން މެނުވީ ހެޔޮ ނަތީޖާއެއް ނުނެރެވޭނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މިއަހަރު އޮންނަ ރިޔާސީ އިންތިހާބަށް ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި އިމްރާން ކުރެއްވި ޓުވީޓެއްގައި އިޝާރާތް ކުރައްވާފައި ވަނީ މިހާރު ސަރުކާރު ކޯލިޝަންގައި ތިއްބެވި ސިޔާސީ ލީޑަރުންނަށްކަމަށް ބެލެވެ އެވެ. އެގޮތުން އިމްރާން ވިދާޅުވީ އެއްގޮތެއްގައި ދެމި ހުރެ ސިޔާސީ މަސައްކަތް ކޮށްގެން މެނުވީ ނަތީޖާ ނުނެރެވޭނެކަން ވަރަށް ސާފުކޮށް ފެންނަމުން ދާކަމަށެވެ.
"ނާކާމިޔާބު ވުމަކީ އިރުކޮޅު ކޮޅާ ގޮތް ބަދަލުކުރަން ޖެހޭ ކަމެއް ނޫނެވެ." އިމްރާން ވިދާޅުވި އެވެ.
އިމްރާން މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައިވާއިރު، 2023 ވަނަ އަހަރަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ކޯލިޝަން ހައްދަވާފައިވަނީ އިމްރާންގެ އަދާލަތު ޕާޓީއާއި ވިޔަފާރިވެރިޔާ އަހުމަދު ސިޔާމްގެ އެމްޑީއޭއިން އެކަންޏެވެ. ޖުމްހޫރީ ޕާޓީއަށް ކޯލިޝަންގެ ދައުވަތު ފޮނުވާފައި ވީނަމަވެސް އެޕާޓީގެ ކޮންގްރެސްއިން ނިންމާފައިވަނީ ގާސިމް އިބްރާހިމް ވަކި ކެނޑިޑޭޓެއްގެ ގޮތުގައި އިންތިހާބަށް ނިކުންނާށެވެ. އެހެންނަމަވެސް މިނިންމުމާއިމެދު ފަހު ބަސް ބުނާނީ ޖޭޕީގެ ކައުންސިލުންނެވެ. އިމްރާނަކީ މީގެ ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއިއެކުވެސް ސިޔާސީ މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެންމެ ދިގު މުއްދަތަކަށް އިމްރާން ސިޔާސީ ގޮތުން އެއް ފިކުރެއްގައި ދެމި ހުންނެވީ މިހިނގާ ދައުރުގައި ރައީސް ޞާލިހާއިއެކުއެވެ. އޭގެ ކުރިން އިމްރާން ވަނީ އެކި ފަހަރުމަތިން ސިޔާސީ ވިސްނުން ބަދަލުކުރައްވައި އެކި ލީޑަރުންނާއިއެކު ކޯލިޝަން ހައްދަވައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް