ރޯދަޔާ ދިމާކޮށް ގެޔަށް ދޮންވެލިލުމާ މާހެފުން ބޭއްވުމަކީ އިސްލާމްދީނާ ފުށުއަރާ ކަމެއްނޫން: ޝެއިހް އަލީ ޒައިދު

ރޯދަޔާ ދިމާކޮށް ހިތްތަކަށް އުފާވެރިކަން ގެނައުމަށް ގެޔަށް ދޮންވެލި ލުމާ މާހެފުން ބޭއްވުމަކީ އިސްލާމްދީނާ ފުށުއަރާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނާ ބުނުމަކީ ޞައްޙަ ބުނުމެއް ނޫން ކަމަށް ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝެއިހް އަލީ ޒައިދު ވިދާޅުވީ މިކަންކަމަކީ ދިވެހިންގެ ސަގާފީ ކަމެއްކަމަށާއި މިއީ ބިދުއައެއް ނޫންކަމަށެވެ.
"މާހެފުމަކީ ބިދުޢައެއް ނޫން! މިއީ ދިވެހިން ޘަޤަފީގޮތުން ކުރަމުން އަންނަ ކަމެއް! ރޯދަޔާ ދިމާކޮށް ހިތްތަކަށް އުފާވެރިކަން ގެނައުމަށް ގެޔަށް ދޮންވެލި ލުމާ މާހެފުން ބޭއްވުމަކީ އިސްލާމްދީނާ ފުށުއަރާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނާ ބުނުމަކީ ޞައްޙަ ބުނުމެއް ނޫން!" ޝެއިހް އަލީ ޒައިދު ވިދާޅުވިއެވެ.
ރޯދަމަސް ކައިރިވަމުން އަންނަ އިރު ދިވެހިންގެ ތެރޭގައި އޮންނަ މާހެފުމުގެ ރަސްމިއްޔާތަކީ މިފަހުން ވަރަށް ކުލަ ގަދަކޮށް ބާއްވަމުން އަންނަ ރަސްމިއްޔާތެއް ކަން ފާހަގަކޮށްލެވެއެވެ. އެހެންނަމަވެސް މިއީ ދީނީ ގޮތުން ކުރަން ޖެހޭ ކަމެއް ނޫންކަމަށާއި މިއީ ބިދުޢައެއް ކަމަށް ބުނެ ބައެއް ދީނީ އިލްމުވެރިން ދަނީ މާހެފުން ބޭއްވުމާއި ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ.
ޒައިދު އަކީ މިހާރު މީހުން ބަލައިގަންނަ މީހެއްނޫން
ތީރީލޯޑެއް