Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ދުނިޔެ

ކޮރޯނާ ވައިރަސް އުފެދިގެން އައި ކަމަށް ބުނާ މާކެޓުގައި ވަގަށް ދިރިއުޅެމުން އައި އާއިލާއެއް އެތަނުން ބޭރުކޮށްފި

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު އެންމެ ގަދައަށް ދެކެވެމުންދަނީ ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ވާހަކައެވެ.ކޮރޯނާ ވައިރަސް އުފެދިގެން އައި ގޮތާމެދު ގިނަ ބަހުސް ތަކެއް ކުރާއިރު އެންމެ ގިނަ ބަޔަކު އިއްތިފާގުވީ ކޮރޯނާ ވައިރަސް ފެތުރެން ފެށީ ވުހާން ގެ މާރކެޓުންކަމުގައެވެ.

މި ކަމާއި ގުޅިގެން ވުހާން މާކެޓު ބަންދުކޮށްފައި ވާއިރު ދާދި ފަހުން މިވަނީ އެ މާކެޓުގައި ވަގަށް ދިރިއުޅުނު އާއިލާއެއް އެތަނުން ބޭރުކޮށްފަައެވެ. އެތާގައި ދިރިއުޅެމުން އައީ ހަތަރު މީހުންގެ އާއިލާއަކުންނެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހަކާއި ކުޑަކުއްޖެއް ވެސް ހިމެނެއެވެ.

ކަމާބެހޭ ފަރާތުން މިހާރު ވަނީ މި އާއިލާ ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައެވެ. އަދި މި އާއިލާގެ އެއްވެސް މެންބަރެއް ގެ ކިބައިން ވައިރަހުގެ ނިޝާނެއް ފެނިފައި ނުވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

Advertisement
HDC — Sidebar (box)

އެ އާއިލާއިން މާކެޓުގައި ދިރިއުޅެން ޖެހުނު ސަބަބު ހާމަކޮށްފައެއް ނުވެއެވެ.

95 ހާހަށް ވުރެ ގިނަ ކޮރޯނާ ވައިރަހުގެ ކޭސްތައް ދުނިޔޭގެ އެކި ހިސާބުތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި މީގެ ތެރެއިން 50 ހާހަށް ވުރެ ގިނަ މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް