ޚަބަރު ރައްޔިތުންގެ މަޖިލިސް

ދަޢުލަތުގެ ބަޖެޓުގެ 5 ޕަސެންޓަށް ވާވަރަށް ފެނަކައިން ވަނީ ދަރާފައި: ވައްޑޭ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ދައުލަތުގެ ބަޖެޓުގެ 5 ޕަސެންޓަށް ވާވަރަށް ފެނަކަ ކުންފުނިން ވަނީ ދަރާފައި ކަމަށާއި އެހެންނަމަވެސް އަދިވެސް ސަރުކާރުން ދަނީ އެކުންފުންޏަށް މަޝްރޫއުތައް ދެމުންކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑޭ) ފާޑުވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވައްޑޭ ވިދާޅުވީ ފެނަކަ ކުރިން ރަށްރަށުގައި ދެމީހުން ތިން މީހުން ލައިގެން ރަނގަޅަށް ހިނގި އިންޖީނުގެތައް ބައެއް ރަށްރަށުގައި ކަރަންޓު މީޓަރަކަށް މުއައްޒަފެއް ލާފައި އެބަތިބި ކަމަށެވެ.

"ފެނަކަ ކުރިން އަޅުގަނޑުމެން ރަށްރަށުގައި ދެމީހުން ތިން މީހުން ލައިގެން ރަނގަޅަށް ހިނގި އިންޖީނުގެތައް ބައެއް ރަށްރަށުގައި ކަރަންޓު މީޓަރަކަށް މުއައްޒަފެއް ލާފައި އެބަތިބި ދެން އަނެއްކާ މިކަން ކުރާއިރުގައި އިއްޒަތްތެރި ރައީސް އަޅުގަނޑުމެން އެބަ ޖެހޭ ކުންފުންޏެއް. ކުންފުންޏެއް މިހަދަނީ ވިޔަފާރި ކުރަންވެގެން ނަފާއެއް އުފައްދަންވެގެން." ވައްޑޭ ވިދާޅުވިއެވެ

އިތުރަށް ވާހަކަދައްކަވަމުން ވައްޑޭ ވިދާޅުވީ މިއިން އެންމެ ކުންފުންޏަކުންވެސް، އެއްވެސް ވާދަވެރިކަމެއް ނެތި ސަރުކާރުގެ ހުރިހާ މަޝްރޫއެއް ހުރިހާ މަސައްކަތެއް ހުރިހާ ބިޑެއް ދޭއިރުގައި ފައިދާއެއް ނުވާކަމަށެވެ.

"މިއިން އެންމެ ކުންފުންޏަކުންވެސް، އެއްވެސް ވާދަވެރިކަމެއް ނެތި ސަރުކާރުގެ ހުރިހާ މަޝްރޫއެއް ހުރިހާ މަސައްކަތެއް ހުރިހާ ބިޑެއް ދޭއިރުގައި ފައިދާއެއް ނުވޭ. ފެނަކަ ކަހަލަ ކުންފުނިތައް ދެބިލިއަން ރުފިޔާއިން ދަރާފަ އިއްޒައްތެރި ރައީސް އަޅުގަނޑުމެން އެބަ ޖެހޭ ކުންފުންޏެއް ބަނގުރޫޓުވާގޮތަކީ ކޮބައިތޯވެސް މިހާރު ކަނޑައަޅަން" ވައްޑޭ ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ވައްޑޭ ވިދާޅުވީ ދެ ބިލިއަން ރުފިޔާއަކީ ގާތްގަނޑަށް ދައުލަތުގެ ބަޖެޓުގެ 5 ޕަސެންޓް ކަމަށާއި އެކަމަކުވެސް އަދިވެސް ފެނަކައަށް ސަރުކާރުން ގިނަ ޕްޖެކްޓްތަކެއް ދެމުންދާކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!