އޭޝިއާ ދުނިޔެ

"ގޮވާން ގަތުމުގެ ފޯރުންތެރިކަމެއްވެސް ނެތް" ކަމަށް ރިޕޯޓުގައި ލިޔުމުން ނޫސްވެރިޔާ ޖަލަށް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އާއްމު މީހެއް ދިން އިންޓަވިއުއެއްގައި "ގޮވާން ގަތުމުގެ ފޯރުންތެރިކަމެއްވެސް ނެތް" ކަމަށް ބުނި ބުނުން ރިޕޯޓުގައި ލިޔެ، ޕަބްލިޝް ކުރި ބަންގްލަދޭޝްގެ ނޫސްވެރިޔަކު ހައްޔަރުކޮށްފިއެވެ.

Ads by Sosun Fihaara

ބަންގްލަދޭޝްގެ "ޕްރޮތޯމް އަލޯ" ނަމަކަށް ކިޔާ މީޑިއާއެއްގައި މަސައްކަތް ކުރާ ނޫސްވެރިއެއް ކަމަށްވާ ސަމްސުއްޒަމާން ޝަމްސް ހައްޔަރުކޮށްފައިވަނީ އެ ގައުމުގެ މިނިވަން ދުވަސް ކަމަށްވާ މާޗް މަހުގެ 26 ވަނަ ދުވަހު އޭނާ ލިޔުނު ރިޕޯޓެއްގައި ދޮގު ޚަބަރު ފަތުރައި "ސަރުކާރަށް މަލާމާތްކުރި" ކަމަށް ތުހުމަތުކޮށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިގޮތުން އޭނާ ލިޔުނު ރިޕޯޓުގައި ހިމަނާފައިވާ އާއްމު މީހެއްގެ އިންޓަވިއުގައި ބުނެފައިވަނީ "ގޮވާން ގަންނާނެ ފޯރުންތެރިކަމެއްވެސް ނެތްއިރު، ކީއްކުރާ މިނިވަންކަމެއްތޯ؟" މިހެން ބުނެފައިކަމަށް ރިޕޯޓްތައް ބުނެއެވެ.

ޝަމްސް މަސައްކަތް ކުރާ މީޑިއާއަކީ ބަންގްލަދޭޝްގެ އެންމެ ބޮޑު އަދި އެންމެ ނުފޫޒުގަދަ ނޫހެވެ.

އެހެންނަމަވެސް އޭނާ ހައްޔަރުކޮށްގެން 30 ގަޑިއިރަށް ވުރެ ގިނައިރުވީ އިރުވެސް އޭނާއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިނުވާކަމަށް އޭނާ މަސައްކަތްކުރާ މީޑިއާއިން ބުނެފައިވެއެވެ.

ރިޕޯޓާރސް ވިތުއައުޓު ބޯރޑާރސްގައި ރޭންކް ކޮށްފައިވާ 180 ޤައުމު ހިމެނޭއިރު ބަންގްލަދޭޝް އޮތީ 162 ވަނައިގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!