ދުނިޔެ

ކޮރޯނާ ވައިރަސް ފެތުރުމުގެ ޒިންމާ އިރާނުން ނަގަން ޖެހޭނެ: ސައުދީ

ދެން އެމްވީ ، ދެން އޮންލައިން

ނުރައްކާތެރި ކޮރޯނާ ވައިރަސް އެހާ ހަލުވިކަމާއިއެކު މުޅި ދުނިޔެއަށް ފެތުރުމުގެ ޒިންމާ އިރާނުން ނަގަން ޖެހޭ ކަމަށް ސައުދީ އަރަބިއްޔާއިން ބުނެފިއެވެ.

Ads by Sosun Fihaara

"އަރަބް ނިއުސް" ގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި، އެ ނުރައްކާތެރި ވައިރަސް އެހާ ބޮޑަށް ފެތުރުނީ އިރާނުގެ ޒިންމާދާރު ކަން ކުޑަކަމުންނެވެ. އީރާނުގައި އެ ވައިރަސް ހަލުވި ކަމާއިއެކު ފެތުރެމުން ދިޔައިރުވެސް، އެގައުމަށް ހިފެހެއްޓުމެއް ނެތި މީހުންނަށް އެތެރެވުމުގެ ހުއްދަ ދިނުމުން ބަލި އިތުރަށް ފެތުރުނު ކަމަށް ސައުދީ އިން ތުހުމަތު ކުރެއެވެ.

ަެސައުދީ އަރައްބިއްޔާއިން މިހާރު ވަނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވް 5 މީހުން ފެނިފައެވެ. އޭގެތެރެއިން 3 މީހުންނަކީ އިރާނުން އެގައުމަށް ދިޔަ މީހުންނެވެ.

ކޮރޯނާ ވައިރަސް ޖެހިގެން މިހާތަނަށް އިރާނުން ވަނީ 107 މީހުން މަރުވެފައެވެ. އެހެން ނަމަވެސް ބައެއް ރިޕޯޓްތަކުން ބުނާ ގޮތުގައި މި އަދަދު އަދި އިތުރު ވުމަކީ އެކަށީގެންވާ ކަމެކެވެ.

ސައުދީ އިން ވަނީ އީރާނަށް އެ ވައިރަސް ފެށުނު ފަހުން ދަތުރުކުރި ހުރިހާ އެންމެން ވިހާވެސް އަވަހަކަށް އެގައުމުގެ ހެލްތު މިނިސްޓްރީ އަށް ގުޅައިގެން ޓެސްޓް ކުރުމަށް އިލްތިމާސް ކޮށްފައެވެ.

ސައުދީގެ އެއްވެސް ރައްޔިތަކު އިރާނަށް ދަތުރު ނުކުރުމަށް އެގައުމުގެ ސަރުކާރުން ވަނީ އަންގާފައެވެ. ސައުދީ އިން ވަނީ ގަވައިދާއި ހިލާފަށް އިރާނަށް އެތެރެވި ސައުދީ ރައްޔިތުންގެ މައުލޫމާތު ހިއްސާ ކުރުމަށްވެސް އިރާނުގެ ސަރުކާރު އަރިހުން އެދިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!