ބަންގްލަދޭޝްގެ ހެދުން ވިއްކާ މާރުކޭޓެއްގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތައް އަދި ސާފުވެފައިނުވާއިރު، އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މަޢުލޫމާތެއް އަދި ލިބިފައި ނުވާކަމަށް އޮފިޝަލުން ބުނެއެވެ.
މި މާކެޓަކީ އެ ސިޓީގެ ގާމެންޓް ފެކްޓްރީތަކުގައި އުފެއްދި ނަމަވެސް އެކްސްޕޯޓް މިންގަނޑަށް ނުފެތޭ ފޭރާން ވިއްކާ މާކެޓެކެވެ. މިގޮތުން ޓޮމީ ހިލްފިގާ ފަދަ ކަޓް ޕްރައިސް ހުޅަނގުގެ ފެޝަން ބްރޭންޑްތަކުގެ މަޤުބޫލު މާކެޓެކެވެ.
މުސްލިމް ވިޔަފާރިވެރިންނަށް އެންމެ ފައިދާވާ ރޯދަމަހާއި ފިތުރު އީދު މިހާ ގާތްވެފައިވަނިކޮށް މި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގެ ސަބަބުން ވިޔަފާރިވެރިން ހާލުގައި ޖެހިފައިވާކަމަށް އެމީހުން ވަނީ ބުނެފައެވެ.
"އީދު ހެދުން ގަންނަން 1.5 މިލިއަން ޓަކާ (14،100 ޑޮލަރު) ދަރަންޏަށް ނެގީ ހުރިހާ އެއްޗެއް ގެއްލުނީ" ވިޔަފާރިވެރިއަކު ބުންޏެވެ.
ބަނގްލަދޭޝްގެ ވިޔަފާރީގެ ތަންތަނުގައި އަލިފާން ރޯވަނީ މޮނިޓަރިންގެ ހާލަތު ދަށްވުމާއި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ އިންތިޒާމުތައް ހަމަޖެހިފައި ނެތުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިއަދު ބަންގްލަދޭޝްގައި ހިނގި މި އަލިފާނުގެ ބޮޑު ހާދިސާގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް 600 އަށް ވުރެ ގިނަ ފަޔަރ ފައިޓަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.