ޚަބަރު އިޖުތިމާޢީ

ރޯދަމަހުގެ ފަހު ދިހައިގައި މާލެ ސަރަހައްދުގެ 32 މިސްކިތެއްގައި ދަމުނަމާދު ކުރާނެ، އިއުތިކާފަށް އިނުން 14 މިސްކިތެއްގައި!

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ސަލްމާން މިސްކިތް / ފޮޓޯ: ދެން އިމޭޖްސް

މިއަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކުގައި މާލެ ސަރަހައްދުގެ 32 މިސްކިތެއްގައި ދަމު ނަމާދު ކުރުމަށް ހަމަޖެހިފައިވާކަމަށާއި އިއުތިކާފަށް އިނުން ހަމަޖެހިފައިވަނީ 14 މިސްކިތެއްގައިކަމަށް އިސްލާމިކް މިނިސްޓްރީީން ބުނެފިއެވެ.

Ads by MWSC

އިސްލާމިކް މިނިސްޓްރީން މިއަދު ބުނިގޮތުގައި ދަމުނަމާދު ކުރާނީ މާލޭގެ 18 މިިސްކިތެއްގައާއި ވިލިމާލޭގެ 3 މިސްކިތަކާއި ހުޅުމާލޭގެ 11 މިސްކިތެއްގައެވެ. އަދި އިއުތިކާފަށް އިނުން ހަމަޖެހިފައިވަނީ މާލޭގެ 7 މިސްކިތެއްގައި އާއި ވިލިމާލޭގެ 1 މިސްކިތާއި ހުޅުމާލޭގެ 6 މިސްކިތެއްގައެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކުގައި މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގެ މިސްކިތްތަކުގައި ޖަމާއަތުގައި ދަމުނަމާދު ކުރުން ކުރިއަށް ގެންދެއެވެ. އަދި މި ނަމާދުގައި ގިނަބަޔަކު ބައިވެރިވާކަންވެސް ފާހަގަކޮށްލެވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!