Sunday, 1 November 2026
Advertisement
STO — McCoy (leaderboard)
އިޖުތިމާޢީ

ސަފާ ގުރޫޕްގެ އުމްރާވެރިން އަންގާރަ ދުވަހު ފުރާނެ ކަމަށް ބުނެފި

ސަފާ ގުރޫޕްގެ އުމްރާވެރިން އަންގާރަ ދުވަހު ފުރާނެ ކަމަށް ބުނެފި

އަލް-ސަފާ އުމްރާ ގްރޫޕުން އިއްޔެ އުމްރާއަށް ފުރަން މަސައްކަތް ކުރި އުމްރާވެރިން އަންނަ އަންގާރަ ދުވަހު ފުރާގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ގްރޫޕުން ބުނެފިއެވެ.

ސަފާ ގްރޫޕުގެ އުމްރާވެރިން އިއްޔެ އުމްރާއަށް ފުރުމަށް ހަމަޖެހިފައިވީ ނަމަވެސް، ވިސާ ހަމަނުޖެހިގެން ވަނީ ފަހުވަގުތު ދަތުރު ކެންސަލްކޮށްފައެވެ. ސަފާ ގުރޫޕުގެ ހަވާލުގައި އުމްރާއަށް ފުރަން ހަމަޖެހިފައި އޮތީ 181 މީހުންނެވެ.

އެކަމާ ގުޅޭގޮތުން ސަފާ ގްރޫޕުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ގްރޫޕުގެ އުމްރާވެރިން ރަމަޟާންމަހުގެ 20 ވަނަ ދުވަހު އުމްރާއަށް ފުރުވާލެވޭނެ ކަމަށާއި ކުރީން ހަމަޖެހިފައިވާ ތާރީހުގައި އުމްރާވެރީން އުމްރާއަށް ފުރުވައިނުލެވުނީ ވިސާ ނުލިބިގެން ކަމަށެވެ. އަދި އެއްވެސް ބަޔަކަށް އޮޅުވައިލުމަކީ އެ ގްރޫޕުގެ ވިސްނުމެއް ނޫން ކަމަށް ވެސް ބުންޏެވެ.

Advertisement
Allied Insurance — Square (box)

ސަފާ ގުރޫޕްގެ ހަވާލުގައި އުމްރާއަށް ދާން ތައްޔާރުވި ހުރިހާ އުމްރާވެރިން  ވީހާ ވެސް އަވަހަކަށް މި ރޯދަ މަހުގެ ތެރޭގައި އުމްރާއަށް ފުރުވާލުމަށް އިސްލާމިކް މިނިސްޓްރީން ރޭ ވަނީ އަންގާފައެވެ.

އުމްރާވެރިންގެ އަތުން އިތުރު ފައިސާއެއް ނެގުމަކާއި ނުލައި ލަސްނުކޮށް ވީހާވެސް އަވަހަށް މި ރަމަޟާން މަހުގެ އުމްރާ ދަތުރަށް ފުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް އަންގާފައިވާ ކަމަށާއި އެ މައްސަލައިގެ ކަންހިނގާ ދިޔަ ގޮތް ބަލަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ވިދާޅުވިއެވެ

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް