ޚަބަރު ސިޔާސީ

ރޯދަމަހުގެ ފަހު ދިހައަށް ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުން އެދި ޕެޓިޝަނެއް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ރައީސް ޔާމީން މާފުށި ޖަލަށް ގެންދިޔުމަށް ލޯންޗުގައި-- ފޮޓޯ/ މިހާރު

މި ރޯދަމަހުގެ ފަހު ދިހައަކުން ފެށިގެން ޝައްވާލު މަހުގެ 6 ރޯދަ ނިމެންދެން ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުން އެދި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.

Ads by STELCO

ހަސަން ކުރުސީގެ ނަމުގައި ޓްވިޓާގައި ހަރަކާތްތެރިވަމުން އަންނަ ފަރާތުން ފަށާފައިވާ މި ޕެޓިޝަނުގައި ބުނެފައިވަނީ އެ ޕެޓިޝަނަކީ ރޯދަމަހުގެ ފަހު 10 އަކާއި ފިތުރު އީދުގެ އިތުރުން ޝައްވާލުމަހުގެ 6 ރޯދަ އެމަނިކުފާނުގެ އާއިލާއާއި ލޯބިވާ ފަރާތްތަކާއި އެކުގައި ހޭދަ ކުރެއްވުމަށް އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށް ފޮނުވާ ޕެޓިޝަނެއްކަމަށެވެ.

މީގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުވެސް ދިގުމުއްދަތަކަށް ގެއަށް ބަދަލުކޮށްފައިވާކަން ފާހަގަކޮށް މި ޕެޓިޝަނުގައި ބުނެފައިވަނީ ރައީސް ޔާމީން މީގެ ކުރިންވެސް 2 އަހަރުވަންދެން ޖަލުގައި ހޭދަ ކުރެއްވި ކަމަށާއި އެފަހަރުވެސް ސުޕްރީމް ކޯޓުން އެމަނިކުފާނުގެ ހުކުމް ބާތިލް ކޮށްފައިވާކަމަށެވެ. އެހެންކަމުން އެމަނިކުފާނު މިހާރުވެސް ނާއިންސާފުން 2 އަހަރު ޖަލުގައި ހުންނަވައިފިކަމަށް މި ޕެޓިޝަނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި އެމަނިކުފާނު ގެއަށް ބަދަލުކޮށްގެން އެއްވެސް މީހަކަށް ވާނެ ގެއްލުމެއް ނޯންނާނެކަމަށްވެސް މި ޕެޓިޝަނުގައި ބުނެފައިވެއެވެ.

ރައީސް ޔާމީންގެ މައްޗައް ކުރެވުނު މަނީލޯންޑާ ކުރުމާއި ކޮރަޕްޝަނުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުން އަންނަ އިރު އެމައްސަލަ މިހާރުވަނީ އިސްތިއުނާފުކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!