Monday, 2 November 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

ފަނަރަ އަހަރަށް ފަހު، ގުރައިދޫ ދާއިރާ އެމްޑީޕީއަށް!

ފަނަރަ އަހަރަށް ފަހު، ގުރައިދޫ ދާއިރާ އެމްޑީޕީއަށް!

ރައްޔިތުންގެ މަޖިލީހުގެ ކ.ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން، ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒް ކާމިޔާބުކުރައްވައިފިއެވެ.

މިއަދު ބޭއްވި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒްގެ އިތުރުން ވާދަކުރެއްވީ ޕީޕީއެމްގެ ފަރާތުން ޙުސައިން ރިޟާއާއި އެމްއެންޕީގެ ފަރާތުން ޢަލީ އަރީފެވެ.

މި އިންތިޚާބުގައި 3423 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބުނުއިރު, ވޯޓުލާފައިވަނީ 2755 (%80.4) މީހުންނެވެ.

Advertisement
Ooredoo — Truecaller (box)

މި އިންތިޚާބުގައި ވޯޓުލުމަށް 06 ފޮއްޓެއް ބެހެއްޓިއެވެ. އެއީ ގުރައިދޫގައި 2 ފޮށި, މާފުށީގައި 2 ފޮށި, ގުޅީގައި އެއް ފޮށި އަދި މާލޭގައި އެއް ފޮއްޓެވެ.

އޭގެތެރެއިން އެއް ފޮށި ފިޔަވައި ދެން ހުރި ހުރިހައި ފޮށިތަކުން ވެސް ކުރި ހޯއްދަވާފައިވަނީ އެމްޑީޕީގެ ޝާޒްއެވެ.

އެމްޑީޕީން ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްފައި މިވަނީ 15 އަހަރު ފަހުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް