އޭޝިއާ ދުނިޔެ

ބެއިޖިންގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 29 އަށް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ޗައިނާގެ ވެރިރަށް ބެއިޖިންގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 29 އަށް އަރައިފިއެވެ.

Ads by Sosun Fihaara

މިއީ ޗައިނާގެ ވެރިރަށުގައި ފާއިތުވި ވިހި އަހަރު ދުވަހުގެ ތެރޭގައި ހިނގި އެންމެ ނުރައްކާތެރި ހާދިސާއެވެ. ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެންނަގޮތުގައި މިދިޔަ އަންގާރަ ދުވަހު ޗަންގްފެންގް ހޮސްޕިޓަލުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ދުމާއި އަލިފާނުން ސަލާމަތްވުމަށް މީހުން ފާރުތަކުން ފައިބައިގެން ދިއުމަށް ބެޑްޝީޓް ބޭނުންކުރާ މަންޒަރު ފެނިފައިވެއެވެ.

މަރުވި 29 މީހުންގެ ތެރެއިން ތިން މީހުން ފިޔަވައި އެހެން އެންމެންނަކީ ބަލި މީހުން ކަމަށް އޮފިޝަލުން ބޭއްވި މީޑިއާ ބްރީފިންގައި ބުނެފައި ވާއިރު، އަލިފާންގަނޑު ނިއްވާލުމަށް ބައިގަޑިއިރު ހޭދަވެފައިވާކަމަށް އޮފިޝަލުން ބުނެފައިވެއެވެ. މިހާދިސާގައި ގިނަ ބަޔަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު އަނިޔާ ލިބިފައިވަނީ ކިތައް މީހުންނަށް ކަމެއް އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.

ރިޕޯޓްތައް ބުނާގޮތުން މިއީ 2002 ވަނަ އަހަރު އިންޓަނެޓް ކެފޭއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 25 މީހުން މަރުވި ހާދިސާއަށްފަހު ބެއިޖިންގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެވެ. އަދި  ކަމާބެހޭ ފަރާތްތަކުން ދަނީ މިހާދިސާ ތަހުގީގުކުރަމުން ކަމަށްވެސް އޮފިޝަލުން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!